ޕީޕީއެމްގެ އެތެރޭގެ އިންތިޚާބުގައި ނަހުލާއަށް 3 އަހަރުވަންދެން ވާދަ ނުކުރެވޭނެ ކަމަށް ކަނޑައަޅައިފި

ޕީޕީއެމްގެ އެތެރޭގެ އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ ޕީޕީއެމް މެމްބަރު ނަހުލާ އަލީ އަށް 3 އަހަރުވަންދެން ވާދަ ނުކުރެވޭނެ ކަމަށް ކަނޑައަޅައިފި އެެވެ. ޕީޕީއެމް އިން ބުނީ މިގޮތަށް ކަނޑައެޅީ ޕީޕީއެމް...

27 Sep 2021 | 12:36

ޕީޕީއެމްގެ އެތެރޭގެ އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ ޕީޕީއެމް މެމްބަރު ނަހުލާ އަލީ އަށް 3 އަހަރުވަންދެން ވާދަ ނުކުރެވޭނެ ކަމަށް ކަނޑައަޅައިފި އެެވެ.

ޕީޕީއެމް އިން ބުނީ މިގޮތަށް ކަނޑައެޅީ ޕީޕީއެމްގެ ސްލޫކީ ކޮމިޓީއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކަމަށާއި އެ މައްސަލަ ބެލުމަށް ފަހު، އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ސުލޫކީ ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ހަ މަސް ދުވަސް ވަންދެން ޕީޕީއެމްގެ ޖަލްސާތަކުގައި ވާހަކަނުދެއްކޭ ގޮތަށް ވެސް ކަނޑައަޅާފައިވާ ކަމަށް އެ ޕީޕީއެމް އިން ބުންޏެވެ. އަދި ނަހުލާއަށް ނަސޭހަތްދިނުމަށާއި ޕާޓީގެ ކަންކަމުގައި އެއްބާރުލުން ދިނުމަށް ވެސް ސުލޫކީ ކޮމިޓީން އަންގާފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.

އެހެންނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެއެވެ.

ނަހުލާގެ ފަރާތުން އެ ަމއްސަލަ އިސްތިއުނާފު ކޮމިޓީއަށް މިހާރު ހުށަހަޅާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ނަހުލާ ވަނީ 2014 ވަނަ އަހަރާއި 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް