ކުޑަހުވަދޫގައި ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގައި ފުލުހަށް ހާޒިރުވާންޖެހޭ މީހެއްގެ ވަނަވަރު އާްންމުކޮށްފި

ދ. ކުޑަހުވަދޫގައި ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގައި ފުލުހަށް ހާޒިރުވާންޖެހޭ މީހެއްގެ ވަނަވަރު އާްންމުކޮށްފި އެވެ. ފުލުހުން ބުނީ، ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކ...

27 Sep 2021 | 12:36

ދ. ކުޑަހުވަދޫގައި ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގައި ފުލުހަށް ހާޒިރުވާންޖެހޭ މީހެއްގެ ވަނަވަރު އާްންމުކޮށްފި އެވެ.

ފުލުހުން ބުނީ، ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އޭނާ އަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އެންގީ، ސ. ހުޅުދޫ / ކޯޒީކޯނަރ، މޫސާ މަނިކު (33އ) އަށެވެ. މީނާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަމްބަރަކީ A278588 އެވެ.

މީނާ ހާޒިރުކުރެވެނީ  މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް/ މައުލޫމާތު ސާފުކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން، މީނާ ހާޒިރުވާން އެންގީ ޝަހީދު ހުސައިން އާދަމް ބިލްޑީންގ އަށް 2021 އޮކްޓޯބަރ 5 ވަނަ ދުވަހުގެ 13:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް