އަލީބާބާއިން ގަނެފައިވާ މެންގޯ އެކްސެލެންޓް މީޑިއާ ކުންފުނީގެ ޙިއްސާތައް ވިއްކާލަނީ

އަލީބާބާއިން ގަނެފައިވާ މެންގޯ އެކްސެލެންޓް މީޑިއާ ކުންފުނީގެ ޙިއްސާތައް ވިއްކާލަން ނިންމައިފި އެވެ. ޗައިނާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި އެ ހިއްސާތައް ވިއްކާލަން ނިންމީ ޗައިނާއިން...

27 Sep 2021 | 12:14

އަލީބާބާއިން ގަނެފައިވާ މެންގޯ އެކްސެލެންޓް މީޑިއާ ކުންފުނީގެ ޙިއްސާތައް ވިއްކާލަން ނިންމައިފި އެވެ.

ޗައިނާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި އެ ހިއްސާތައް ވިއްކާލަން ނިންމީ ޗައިނާއިން ބޮޑެތި މީޑިއާ ކުންފުނިތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާތީ ކުރިމަތިވަމުންދާ ދަތިތަކުގެ ސަބަބުން ނެވެ.

މެންގޯ އެކްސެލެންޓް މީޑިއާ ކުންފުނިން ހިންގާ މެންގޯ ޓީވީއަކީ، މަގްބޫލު ރިއަލިޓީ ޝޯތަކެއް ގެނެސްދޭ ޓީވީ އެކެވެ. މެންގޯ ޓީވީގެ ޙިއްސާ އަލީބާބާ ކުންފުނިން ގަނެފައިވަނީ މީގެ ހަތް މަސް ކުރިން ނެވެ.

1999 ވަނަ އަހަރު ޖެކް މާ އުފެއްދި އަލީބާބާއަށް ޗައިނާއިން ވަނީ ސިޔާސީ އަދި އިދާރީ ފިއްތުންތަކެއް ކުރިމަތިކޮށްފަ އެވެ. މި ފިޔަވަޅުތަކަކީ ޗައިނާއިން މިދިޔަ އަހަރުން ފެށިގެން އިންޓަރނެޓާއި މީޑިއާއާ ދެކޅަށް ފަށާފައިވާ ފިޔަވަޅުތަކުން ބައެކެވެ.

ޑިސެމްބަރު މަހު ޗައިނާ ރައީސް ޝީ ޖިންޕިންގ ވިދާޅުވެފައި ވަނީ އިންޓަރނެޓް ކުންފުނިތަކާ ދެކޮޅަށް އަޅާ އެންޓި މޮނޮޕޮލީ ފިޔަވަޅުތަކަކީ 2021ގައި އަޅާނެ އެންމެ މުހިންމު ފިޔަވަޅުތައް ކަމަށެވެ.

އަލީބާބާ ކުންފުންޏާ ދެކޮޅަށް ތަހުގީގު ފަށާފައިވަނީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ. އަދި 2.8 ބިލިއަން ޑޮލަރުން އަލީބާ ޖުރިމާނާ ކޮށް، ކުންފުނި ކުޑަ ކުރުމަށް ކޮމިއުނިސްޓް ޕާޓީން އެންގި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް