މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދި މައްސަލައެއްގައި ހޯދާ އަންހެނެއްގެ ވަނަވަރު އާންމުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އޭނާ އަށް އަންގާ އިއުލާން ކުރާ ކަމަށެވެ.
ފުލުހުން ހޯދަމުންދަނީ ސ. މަރަދޫ، ޒީނިޔާމަންޒިލް، ހައްވާ ސައުޒާ (22އ) އެވެ. އޭނާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަމްބަރަކީ A393768 އެވެ.
އޭނާ ހާޒިރުކުރެވެނީ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގައި ސުވާލުކުރުމަށް ނުވަތަ މައުލޫމާތު ސާފުކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.
ހާޒިރުވާން އަންގާފައި ވަނީ ޝަހީދު ހުސައިން އާދަމް ބިލްޑީންގ އަށް 2021 އޮކްޓޯބަރ 5 ވަނަ ދުވަހުގެ 14:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް