"އެކްސްޕޯ 2020 ދުބާއީ"ގައި ދިވެހިރާއްޖެ ބައިވެރިވެއްޖެ

އޮކްޓޫބަރ 2021 އިން 31 މާރިޗް 2012 އަށް ދުބާއީގައި ބާއްވާ ވޯލްޑް އެކްސްޕޯ 2020ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. މި އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ، ވޯލްޑް އެކް...

27 Sep 2021 | 09:49

އޮކްޓޫބަރ 2021 އިން 31 މާރިޗް 2012 އަށް ދުބާއީގައި ބާއްވާ ވޯލްޑް އެކްސްޕޯ 2020ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ، ވޯލްޑް އެކްސްޕޯ، "އެކްސްޕޯ 2020 ދުބާއީ" ގައި، ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި ވާއިރު، ކޮންމެ ފަސް އަހަރަކުން އެއްއަހަރު ކުރިއަށް ގެންދާ، ވޯލްޑް އެކްސްޕޯ އަކީ، އެންމެ ގިނަދުވަސްވީ އަދި އެންމެ ބޮޑު ބައިނަލްއަޤްވާމީ އެގްޒިބިޝަންއެވެ.

ވޯލްޑް އެކްސްޕޯތަކަކީ، ސަރުކާރުތަކާއި ބޮޑެތި ކުންފުނިތަކާއި، ބައިނަލްއަޤްވާމީ ޖަމްމިއްޔާތަކާއި، އާއްމުން ގުޅުވާލަދީ، ރިސާރޗް އާއި އިނޮވޭޝަން މެދުވެރިކޮށް، ދުނިޔެއަށާއި އާބާދީތަކަށް އިންގިލާބީ ހެޔޮ ބަދަލުތަށް ގެނެއުމަށް މަގުފަހި ކުރުމުގެ ބޭނުމުގައި، 1351 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ ބައިނަލްޢަޤްވާމީ ހަރަކާތެކެވެ.

ކަނެކްޓިންގ މައިންޑްސް، ކްރިއޭޓިންގ ދަ ފިއުޗާރ' މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އެކްސްޕޯ 2020 ދުބާއީ"ގެ އަމާޒަކީ، އިންގިލާބީ އީޖާދުތަކާއި ތަފާތު ހިޔާލުތައް، އެއްތަނަކުން ދައްކުވައިދީ، މި ހިޔާލާއި ވިސްނުމުގެ ތެރެއިން، އިންސާނިއްޔަތަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަގުފަހި ކޮށްދިނުމެވެ. މިފަހަރު ބޭއްވޭ ވޯލްޑް އެކްސްޕޯ 2020 ހާއްސަ ވެގެން ދާ އެއްސަބަބަކީ، މިއީ، މިފަދަ އެކްސްޕޯއެއް، މެދު އިރުމަތީގައި ބޭއްވިގެންދާ ފުރަތަމަ ފަހަރަށް ވުމެވެ.

އެކްސްޕޯ 2020ގެ ދިވެހިރާއްޖޭގެ ޕެވީލިއަންގައި، ދިވެހިރާއްޖެ ރަމްޒުކޮށްދޭ ރީތި ގުދްރަތީ މަންޒަރުތަކުގެ އިތުރުން، ދިވެހިރާއްޖެ މިއަދާއި ހަމަޔަށް ކޮށްފައިވާ ތަރައްޤީގެ ދަތުރުގައި އަބަދުވެސް ބޭނުންކޮށްފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމާއި ސިޔާސަތުތަކާއި، ރާއްޖޭގެ ތާރީޚާއި ސަޤާފަތް، މުޅި ދުނިޔެއަށް ދައްކަލެވިގެންދާނެއެވެ.

ދިވެހިރާއްޖޭގެ ޕެވިލިއަން ޤާއިމްކުރެވޭނީ، އެކްސްޕޯ 2020ގެ 3 ޑިސްރިކްޓްގެ ތެރެއިން، ސަސްޓެއިނެބިލިޓީ' މި ޑިސްޓްރިކްޓް ގައެވެ. މި ޕެވިލިއަން މެދުވެރިކޮށް، ދިވެހިރާއްޖޭގެ ސަޤާފީ ކުޅިވަރުތަކާއި ދިވެހި ޒުވާނުންގެ ރީތި މިއުޒިކީ ހަރަކާތްތަކާއި ސަޤާފީ ނެޝަންތަކާއި ފަންނުވެރިކަން މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ހުޅުވިގެން ދާނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކްސްޕޯ 2020 އަށް ޒިޔާރަތް ކުރާނެކަމަށް ލަފާކުރެވިފައިވާ 25 މިލިއަން މީހުންގެ ތެރެއިން ގިނަބަޔަކަށް، ދިވެހިރައްޖޭގެ މިހަރަކާތްތަށް، ފެނިގެން ދިއުމަކީ ސަރުކާރުގެ އަމާޒެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް