ކުރީ ސަރުކާރުގެ "ބެޔަސް ނުބެޔަސް" ސިޔާސަތު ފެއިލްވީ ކީއްވެ؟

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްގެ ސަރުކާރުން ގެންގުޅުނު "ބެޔަސް ނުބެޔަސް" ސިޔާސަތު ފެއިލްވީ ކީއްވެތޯ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ، މިނިސްޓަރު ޑރ. ހުސައިންއާ ސުވާލުކުރައްވައ...

27 Sep 2021 | 09:47

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްގެ ސަރުކާރުން ގެންގުޅުނު "ބެޔަސް ނުބެޔަސް" ސިޔާސަތު ފެއިލްވީ ކީއްވެތޯ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ، މިނިސްޓަރު ޑރ. ހުސައިންއާ ސުވާލުކުރައްވައިފިއެވެ.

އޭނާ މި ސުވާލުކުރެއްވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރ ހާޒިރުކޮށް މެމްބަރުންނަށް ސުވާލުކުރުމަށް ދެއްވި ފުރުސަތުގައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ހުސައިން ވިދާޅުވީ "ބެޔަސް ނުބެޔަސް" ވައުދު ކުރީ ސަރުކާރުން ތަންފީޒު ކުރީ އެ ވައުދު ވެފައިވާގޮތަށް ނޫންކަމަށެވެ.

އެގޮތުން ފޮތިގަނޑުގައި ލިޔެފައި އޮތީ ބެޔަސް ނުބެޔަސް ކޮންމެ މަސްވެރިއަކަށް 10،000 ރުފިޔާ ލިބޭނެކަމަށް ކަމަށާއި، އެހެންނަމަވެސް ވައުދު ތަންފީޒު ކުރެއްވީ އިންޝުއަރެންސް ސްކީމެއް ގޮތަށްކަމަށެވެ.

"މިސާލަކަށް 75 ފޫޓުން މަތީގެ ދޯނިފަހަރުގެ ކޮންމެ ފަޅުވެރިއަކު 6000 ރުފިޔާ ދައްކަންޖެހޭ. އެއީ އިންޝުއަރެންސެއް. އެމީހުން ދެއްކީމާ ދެން އެ އިންޝުއަރެންސް ސްކީމުން ބެޔަސް ނުބެޔަަސް ދޭންޖެހޭ ލާރިއެއް ދޭގޮތަށް އޮތީ." ޑރ. ހުސައިން ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ފިޝަރީޒް މިނިސްޓްރީން އެ ޕޮލިސީ ތައްޔާރުކޮށްފައިވަނީ ފޮތިގަނޑުގައި އޮތްގޮތަށް ނޫންކަމަށް ޑރ. ހުސައިން ތަކުރާރުކޮށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ "ބެޔަސް ނުބެޔަސް" ވައުދު ނުފުއްދި ދިއުމަކީ އޭރުގެ ސަރުކާރަށް ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވި އެއްކަންތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް