އަރިދަފުސް ރޯގާގެ 11،000ށް ވުރެ ގިނަ ކޭސް މިދިޔަ މަހު ރިޕޯޓު ކުރި

މިދިޔަ މަހު އަރިދަފުސް ރޯގާގެ 11،000 އަށްވުރެ ގިނަ ކޭސް ރިޕޯޓު ކުރި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭއިން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވޭތުވ...

27 Sep 2021 | 09:43

މިދިޔަ މަހު އަރިދަފުސް ރޯގާގެ 11،000 އަށްވުރެ ގިނަ ކޭސް ރިޕޯޓު ކުރި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ތިން އަހަރާ އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު ވަނީ އިތުރުވެފައެވެ. ރޯގާގެ ތަފާސް ހިސާބު އެއްކުރުމުގައި މިދިޔަ އަހަރު ހިމަނާފައިވާ ނުވާ ކަމަށާއި އެއީ ކޯވިޑްގެ ސަބަބުން އެހެން ބަލިތައް ފެތުރުނުލެއް މަދުކަމުން ކަމަށެވެ.

ހިސާބުައް ދައްކާގޮތުން މި އަހަރުގެ ޖުލައި މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވަނީ 3،838 މީހުންނެވެ. ނަމަވެސް މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހިގެން 11،348 މީހުން ރިޕޯޓުކޮށްފައިވެ އެވެ.

މި އަދަދު ތަކަށް ބަލާލާއިރު މީގެތެރެއިން 829 މީހަކު ޖުލައި މަހުގެ ފަހު ހަފްތާގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފަވެއެވެ. އަދި 4،246 މީހަކު މިވަނީ ފާއިތުވި އޮގަސްޓް މަހުގެ ފަހު ހަފްތާގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައެވެ.

މިއީ ޖުލައި މަހާ އަޅާބަލާއިރު ގާތް ގަނޑަކަށް ތިން ގުނަ އިތުރު އަދަދެކެވެ.

އެޗްޕީއޭ އިން މިވަނީ ރޯގާޖެހި، ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކޮށްފައެވެ.

އިތުރު ބަލިތަކަށް ބަލާއިރު ޑެންގީ ހުން ޖެހޭ މިންވަރު ވަނީ ޖުލައިއަށްވުރެ މިދިޔަ މަހު ދަށްވެފައި އެވެ. ޖުލައިގަ ޑެންގީގެ20 ކޭސް ރިޕޯޓު ކުރި އިރު މިދިޔަ މަހު ރިޕޯޓުކޮށްފައިވަނީ އެންމެ ނުވަ ކޭސް އެވެ.

ބޭރަން ހިންގުމާއި ހޮޑުލުމުގެ މައްސަލަ ދިމާވެގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު މިދިޔަ ތިން އަހަރާއި އަޅާ ބަލާއިރު ދަށް ނަމަވެސް ޖުލައި މަހާއި އަޅާ ބަލާއިރު މިދިޔަ އޮގަސްޓު މަހު ވަނީ އިތުރުވާން ފަށާފަ އެވެ. އެޗްޕީއޭއިން ބުނީ ޖުލައި މަހު1،208 މީހަކުން ޑޮކްޓަރަށް ދައްކާފައިވާއިރު ބޭރައް ހިންގުމާއި ހޮޑުލުމުގެ ބަލީގައި އޮގަސްޓު މަހު1،358 މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.

އެ އިދާރާއިން ވަނީ އާންމުކޮށް ފެތުރެމުންދާ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް