ސާފް ޗެމްޕިއަންޝިޕަށް ދާ ނޭޕާލް ގައުމީ ޓީމުގެ ފައިނަލް ސްކޮޑް އިއުލާންކޮށްފި

މި އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ނޭޕާލް ގައުމީޓީމުގެ ފައިނަލް ކޮޑް އިއުލާން ކޮށްފިއެވެ. ގަތަރުގައި 25 ކުޅުންތެރިންނާއި އެކު ކޭމްޕުކު...

27 Sep 2021 | 09:25

މި އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ނޭޕާލް ގައުމީޓީމުގެ ފައިނަލް ކޮޑް އިއުލާން ކޮށްފިއެވެ.

ގަތަރުގައި 25 ކުޅުންތެރިންނާއި އެކު ކޭމްޕުކުރި ނޭޕާލުގެ ގައުމީޓީ ސްކޮޑުން ދެ ކުޅުންތެރިއަކު ބާކީ ކުރިއިރު، ފައިނަލަ ސްކޮޑުގައި 23 ކުޅުންތެރިން ވަނީ ހިމަނާފައެވެ. ބާކީ ކުރި ކުޅުނތެރިންގެ ތެރޭގައި ހިމެނެނީ ބިކޭޝް ކަތު އަދި ރާޖަން ގުރުންގްއެވެ.

ނޭޕާލްގެ ފައިނަލް ސްކޮޑުގައި ހިމެނޭ 23 ކުޅުންތެރިން

ގޯލް ކީޕަރުން: ކިރަން ކުމާރު ލިމްބު، ދީޕް ކާކީ، ބިޝާލް ޝްރެސްތާ.

ޑިފެންޑަރުން: ދިނޭޝް ރާޖްބަންޝީ، އަނަންތާ ތަމަންގް، ގޯތަމް ޝްރެސްްރާ، ސުމަން އަރިޔާލް، ރޯހިތް ޗާންދް.

މިޑްފީލްޑަރުން: ސޫރަޖް ތަކޫރީ، ނިތިން ތަޕާ، ބިޝާލް ރާއީ، ސުނިލް ބާލް، ޕުޖާން އުޕަކޮޓީ، ތޭޖް ތަމަންގް، ސޫޖަލް ޝްރެސްތްރާ، ސަންޓޯސް ތަމަންގް، އަޔުސް ގާލަން، ކަމަލް ތަޕާ.

ފޯވާޑް: އާޝިޝް ލަމާ، ސުމަން ލަމާ، އަންޖަން ބިސްތާ، މަނީޝް ޑަންގި، ނަވަޔުގް ޝްރެސްްތްރާ.

މުބާރާތުގައި ނޭޕާލުން ކުޅެން ޖެހޭ ފުރަތަމަ މެޗުގައި ނުކުންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެރޭ ރާއްޖެއާއި ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް