ދެކުނު ކޮރެއާގައި ކުއްތާ މަސް ކެއުން މަނާކުރަން އުޅޭކަމުގެ އިޝާރާތެއް !

ދެކުނު ކޮރެއާގައި ކުއްތާ މަސް ކެއުން މަނާކުރަން އުޅޭ ކަމުގެ އިޝާރާތެއް އެ ގައުމުގެ ރައީސް މޫން ޖައެ-އިން ކުރައްވައިފިއެވެ. މޫން ޖައި ވިދާޅުވެފައިވަނީ ޖަނަވާރުގެ ހައްގުތަކުގެ ވާހަަކަ މިހާބޮޑަށް ދެކެވޭ ...

27 Sep 2021 | 08:22

ދެކުނު ކޮރެއާގައި ކުއްތާ މަސް ކެއުން މަނާކުރަން އުޅޭ ކަމުގެ އިޝާރާތެއް އެ ގައުމުގެ ރައީސް މޫން ޖައެ-އިން ކުރައްވައިފިއެވެ.

މޫން ޖައި ވިދާޅުވެފައިވަނީ ޖަނަވާރުގެ ހައްގުތަކުގެ ވާހަަކަ މިހާބޮޑަށް ދެކެވޭ ދުވަސްވަރެއްގައި މިވެސް ވިސްނަންޖެހޭ ކަމެއް ކަމަށެވެ. މިކަމުގައި ބަހުސަކަށް ދާން އެބަ ޖެހޭ ކަމަށެވެ.

މީޑިއާ ރިޕޯޓްތަކުގައި ބުނާގޮތުގައި ދެކުނު ކޮރެއާގައި މިކަމަކީ ކުރިން ވަރަށް ބޮޑަށް އާންމުކަމެއް ނަމަވެސް މިހާރު ގިނައިން ކުއްތާ މަސް ކައި އުޅެނީ އުމުރުން ދުވަސްވީ މީހުންނެވެ. ކެފޭ ރެސްޓޯރެންޓްތަކުންވެސް މިހާރު ކުއްތާ މަހުގެ އުފެއްދުންތައް ހުންނަނީ މަދުންކަމަށްވެއެވެ.

ނަމަވެސް އަދިވެސް ކުއްތާ މަސް ކެއުން އެ ގައުމުގެ ބައެއް ސަރަހައްދުގައި އާންމުވެފައިވާ އާންމުވުން، ޖަނަވާރުގެ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ނަގަނީ ބޮޑު މައްސަލައެއްގެ ގޮތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް