ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ: މީހަކު ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިޢާ އޮފިޝަލް ވިދާޅުވީ ދެކުނު ޕޮލިސް ޑިވިޜަން (ފުވައްމުލަކުސިޓީ، އައްޑޫސ...

27 Sep 2021 | 08:07

ދެކުނުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިޢާ އޮފިޝަލް ވިދާޅުވީ ދެކުނު ޕޮލިސް ޑިވިޜަން (ފުވައްމުލަކުސިޓީ، އައްޑޫސިޓީ)ގައި 13 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ސެޕްޓެމްބަރު 23 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން 42 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށާއި، އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ޝަރީއަތުން ގޮތެއް ނިންމަންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށްވެސް ހާމަކުރެއެވެ.

ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ އިތުރު ތަފްސީލެއް ފުލުހުން ހާމައެއްނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް