ކަނޑުމަހަށް ލިބޭ ފައިދާ އިތުރު ކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ތަކެއް ކުރެވެމުން އެބަދޭ

ކަނޑުމަހަށް ލިބޭ ފައިދާ އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން ދާކަން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔި...

27 Sep 2021 | 07:55

ކަނޑުމަހަށް ލިބޭ ފައިދާ އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން ދާކަން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

ފިޝަރީޒް މިނިސްޓަރު ވިދާޅުވި ގޮތުގައި ކަނޑުމަހަށް ލިބޭ ނަފާ އިތުރު ކުރުމަށްޓަކައި އިތުރު ޤައުމުތަކަކަށް މަސް އެކްސްޕޯޓުކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. އެގޮތުން ރަޝިއާ އާއި އިރުމަތީ ޔޫރަޕް އަދި ތުރުކީގެ ބައެއް ޤައުމުތަކަށް މަސް އެކްސްޕޯޓު ކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުން ކަމުގައި ވިދާޅުވިއެވެ.

އެކަން ސަރުކާރަށް ކުރެވުމުން މާކެޓަށް އެކްސެސް ވެވޭ ވަރު ބޮޑުވެގެން ދާނެ އެވެ. އެހެންކަމުން މަހުގެ އަގު މައްޗަށް އުފުލިގެން ދާނެއެވެ.

އިތުރަށް ހުސައިން ވިދާޅުވިގޮތުގައި ޔޫރަޕަށް އެކްސްްޕޯޓުކުރާ މަހުން ނަގަމުން އަންނަ 11 ޕަސެންޓުގެ ޑިއުޓީ ކަނޑާ ލެވޭނޭ ފަދަ ހުށަހެޅުމެއް ޔޫރަޕިއަން ޔޫނިއަން (އީޔޫ)  އިން ލިބިފައިވާ ކަމަށެވެ.

އިތުރު ތަފްސީލް މިއަދު މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް