ނިޔާވި ސިފައިންގެ މީހާގެ ހަށިގަނޑު މިއަދު މާލެ ގެންނަނީ، ޖަނާޒާ ބާއްވަނީ ރަސްމީ އިއްޒަތުގައި

އިންޑިއާގައި ތަމްރީން ހަދަމުން ދަނިކޮށް މަރުވި ސިފައިންގެ ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހީމްގެ ހަށިގަނޑު މިއަދު އަސްކަރީ އިއްޒަތުގައި މާލެ ގެންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. ސުލ...

27 Sep 2021 | 07:35

އިންޑިއާގައި ތަމްރީން ހަދަމުން ދަނިކޮށް މަރުވި ސިފައިންގެ ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހީމްގެ ހަށިގަނޑު މިއަދު އަސްކަރީ އިއްޒަތުގައި މާލެ ގެންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ސުލްތާންގެ ހަށިގަނޑު މާލެ ގެންނަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމަށް ހަމަޖެހިފައިވަނީ މެންދުރު 12:56 ހާއިރު އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެއަޕޯޓުން ހަށިގަނޑު ގެންދިއުމަށް ހަމަޖެހިފައިވަނީ އާސަހަރާއަށް ކަމަށެވެ. އެކަމަކު ކަށު ނަމާދުގެ ވަގުތު އަދި ކަނޑަނާޅާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސުލްތާންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރަސްމީ އިއްޒަތުގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކެޑެމީގައި (އެންޑީއޭ) ގެ އޮފިސަރު ކެޑޭޓް ތަމްރީނު ހަރަކާތުގައި އުޅެނިކޮށް ސުލްތާން ނިޔާވެފައި ވަނީ އންޑިއާގެ ނޭޝަނަލް ޑިފެންސް އެކެޑެމީގެ، ކޭމްޕް ގްރީންހޯނުގައި ހޮނިހިރު ދުވަހު ބޭއްވި އެންޑިއުރެންސް ދުވުމެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގަ އެވެ. އަދި އޭނާ ވެއްޓުމުން ވަގުތުން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށްވެސް ބުންޏެވެ.

މި މައްސަލައިގަ އެ އެކަޑަމީން ވަނީ ސުލްތާންގެ މަރުގެ އަސްލު ދެނެގަތުމަށް ޕޯސްޓު މޯޓަމް ހަދާފަ އެވެ. ނަތީޖާ އަދި ހާމައެއް ނުކުރެ އެވެ.

ސުލްތާން ނިޔާވުމާއި ގުޅިގެން އިއްޔެ އެމްއެންޑީއެފްގެ ހުރިހާ ޔުނިޓުތަކާއި އޭރިއާ ކޮމާންޑުތަކުގައި ވަނީ ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް