ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅީ ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީ ހިމެނޭ ސައުތް ޕޮލިސް ޑިވިޝަނަށް ކަމަށެވެ. މައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ23 ވަނަ ދުވަހު އެވެ.
މި ހާދިސާގައި ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވަނީ 15 އަހަރުގެ އަންހެން ކުއްޖެކެވެ.
މި މައްސަލައިގެ ތުހުމަތުގައި އުމުރުން42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފަ އެވެ.
މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދެކުނުގެ ރަށްތަކުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އިތުރު ދެ މައްސަލައެއް ހުށަހަޅާފަވެ އެވެ. އަދި އެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އޭގެ ތެރެއިން އެއް މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ފުލުހެކެވެ.
ފުލުހުން ބުނީ މި މައްސަަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް