ފުލުހުން ޒުވާނެއްގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހާ، ހައްޔަރުކުރާ ވީޑިއޯއެއް އާންމުވެއްޖެ

ފުލުހުން ޒުވާނެއްގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހާ، ހައްޔަރުކުރާ ވީޑިއޯއެއް އާންމުވެއްޖެ އެވެ. އެމްވީ ކްރައިސިސްގައި އާންމުކޮށްފައިވާ މި ވީޑިއޯގައި ބުނެފައިވަނީ ީ މިއީ ރޭގެ ވަގުތެއްގައި ހިނގައިދިޔަ ހާދިސާއެ...

27 Sep 2021 | 07:23

ފުލުހުން ޒުވާނެއްގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހާ، ހައްޔަރުކުރާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

އެމްވީ ކްރައިސިސްގައި އާންމުކޮށްފައިވާ މި ވީޑިއޯގައި ބުނެފައިވަނީ ީ މިއީ ރޭގެ ވަގުތެއްގައި ހިނގައިދިޔަ ހާދިސާއެއް ކަމަށެވެ. އަދި އެ ޒުވާނާ ހައްޔަރު ކުރުމަށް ފަހު، އަތޮޅުވެއްޓަށް ގެންގޮސް އަނިޔާކޮށްފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

މިކަމާއިގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން މީޑިއާ އަށް މައުލޫމާތު ހިއްސާ ކުރުމަށް ހަދާފައިވާ ވަޓްސްއެޕް ގްރޫޕުގައި ޖެހުމުން މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.

މިފަހަކަށް އައިސް ޕޮލިސްގެ ވަޓްސްއެޕް ގްރޫޕުގައި ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބު ނުދެއްވާކަން ވަނީ ފާހަގަކުރެވިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް