އަވަށްޓެރި ސްރީލަންކާ އަންނަ އޮކްޓޯބަރު މަހު ފުރަތަމަ ދުވަހު ހުޅުވާލަން ވިސްނަމުން އަންނަކަމަށް އެގައުމުގެ ސިއްހީ މާހިރުންނާ ހަވާލާދީ ރިޕޯޓުތައް ބުނެފި އެވެ.
ސްރީލަންކާގެ ސިއްހަތާ ބެހޭ ވަޒީރު، ޑރ ކެހޭލިއާ ރަމްބުކްވެއްލާ އާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން އެގައުމު ހުޅުވާލާނީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކާއެކުގަ އެވެ.
އެހެންނަމަވެސް އެގައުމު ހުޅުވާލާނެތީ ނުވަތަ ނޫންތޯ އާއި ރައްކާތެރިކަމުގެ ގޮތުން އިސްކަންދޭންޖެހޭ ކަންކަން ނިންމާނީ މި މަހުގެ 30 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.
އެގައުމުގެ ސަރުކާރުން ބުނީ ގައުމު އަލުން ހުޅުވާލިނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް ނުވަތަ މި ބައްޔާއެކު ދިރިއުޅެން ދަސްކުރުމަށް ރައްޔިތުންގެ ވަރަށްބޮޑު އެއްބާރުލުމެއް ބޭނުންވާ ކަމަށެވެ.
ސްރީ ލަންކާގައި ކޮވިޑު ކޭސްތައް އިތުރުވާން ފެށުމާއެކު ހަރުކަށި ފިޔަވަޅުތަކާއެކު އެގައުު މިިހާރުއޮތީ ކާފިއު އިއުލާންކޮށް، ލޮކްޑައުން ގަ އެވެ.
ސްރީލަންކާގެ ކޮވިޑުގެ ހާލަތަށް ބަލާ އިރު، ފާއިތުވީ 7 ދުވަހުގެ ތެރޭގައި އެ ގައުމުން ރިޕޯޓް ކޮށްފައިވަނީ 9118 ކޭހެވެ. އޭގެ ކުރީ ހަފުތާގައި 18569 ކޭސް ރިޕޯޓް ކޮށްފައި ވެއެވެ. މިއީ ކޭސް ނަމްބަރަށް ބަލާއިރު، މިއީ 51 ޕަސެންޓްގެ ދަށްވުމެކެވެ.
ފާއިތުވީ 7 ދުވަހުގެ ތެރޭގައި 555 މީހުން މަރުވެފައިވާ އިރު، އޭގެ ކުރީ 7 ދުވަހުގެ ތެރޭގައި ރިޕޯޓް ކުރީ 829 ކޭހެވެ. މިއީ 33 އިންސައްތައިގެ ދަށްވުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް