އެމްޑީޕީ ޤައުމީ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރެއްވި ހުރިހާ މެންބަރުންނަށް ރައީސް ގެ ތަހުނިޔާ

ޤައުމީ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރެއްވި ހުރިހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަހުނިޔާ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު ތަހުނިޔާ ވިދާޅުވެފައިވަނީ ކުރައްވާފައި ޓް...

27 Sep 2021 | 06:01

ޤައުމީ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރެއްވި ހުރިހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ތަހުނިޔާ ވިދާޅުވެފައިވަނީ ކުރައްވާފައި ޓްވީޓެއްގަ އެވެ.

އެ ޓްވީޓުގައިއެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރި ހުރިހާ މެންބަރުންނަށް ތަހުނިޔާއާ މަރުހަބާ ދަންނަވާ، އަދި މި އިންތިޚާބުގައި ވާދަކުރި ހުރިހާ ކެނޑިޑޭޓުންނާއި ވޯޓުލުމުގައި ބައިވެރިވި ޕާޓީގެ މެންބަރުންނަށް ވެސް ވަނީ ޝުކުރު ދަންނަވާފަ އެވެ.

ރައީސް ސޯލިހުގެ އިތުރުން އިންތިޚާބު ކާމިޔާބުކުރި އެންމެހާ ކެންޑިޑޭޓުންނަށް ފޮރިން މިނިސްޓްރު އަބްދުﷲ ޝާހިދު ވެސް ވަނީ މަރުހަބާ ދަންނަވާ، އިންތިހާބުގައި ވާދަކުރި އެންމެންވެސް ދެއްކި ރީތި ޑިމޮކްރެޓިކް ނަމޫނާއަށް ސާބަސް ދެއްވާފަ އެވެ. އަދި އެމްޑީޕީ އަކީ އިންތިޚާބުތަކަށް ފަރިތަ، ރާއްޖެއަށް ޑިމޮކްރަސީއާ ތަރައްގީ ގެނެސްދޭ ޕާޓީއެއް ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު މި ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު ބޭއްވި އިރު، ރައީސް ސޯލިހުގެ ފެކްޝަނުން ވަނީ ރައީސް ނަޝިދުގެ ފެކްޝަންގެ މައްޗަށް ތަފާތުބޮޑު ނަތީޖާއަކުން ކުރި ހޯދާފަ އެވެ.

https://twitter.com/ibusolih/status/1442184439921004551?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1442184439921004551%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fthepress.mv%2F130262

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް