އިއްޔެ އެކަނިވެސް އައްޑޫއިން 18 މީހަކު ކޮވިޑަށް ޕޮޒިޓިވްވި

އައްޑޫ ސިޓީގެ ކޯވިޑް-19 ގެ ހާލަތައް މާބޮޑު ބަދަލެއް ނައިސް ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން އެބަދެއެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ރޭ އާންމު ކުރި ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި އިއްޔެ އަ...

27 Sep 2021 | 05:48

އައްޑޫ ސިޓީގެ ކޯވިޑް-19 ގެ ހާލަތައް މާބޮޑު ބަދަލެއް ނައިސް ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން އެބަދެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ރޭ އާންމު ކުރި ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި އިއްޔެ އަލަށް އެސިޓީގެ ރަށްތަކުން  18 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އެއާއެކު އެސިޓީގެ ރަށްތަކުގައި ހުރި ކޯވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 210 އަށް އަރައިފައެވެ.

މިވަގުތު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދަށް ބަލާލާއިރު 60 މީހުންނަކީ ހިތަދޫ މީހުންނެވެ. އަދި 37 މީހުންނަކީ މަރަދޫ މީހުންނެވެ. މަރަދޫ ފޭދޫއިން 5 މީހުން ޕޮޒިޓިވް ވެފައިވާއިރު ފޭދޫއިން ވަނީ 107 މީހަކު ޕޮޒިޓިވް ވެފައެވެ. އަދި ގަމުން މީހެކެވެ.

މިހާތަނަށް އެސިޓީގެ ރަށްތަކުން 1398 މީހުންނަށް ކޯވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 1185  މީހުން ވަނީ ރަނގަޅު ވެފައެވެ.

އައްޑޫއިން ކޯވިޑްގައި މިހާތަނަށް މަރުވެފައިވަނީ ތިން މީހުނެވެ. އައްޑޫގެ ރަށްތަކުގައި ހަލުވި ކަމާއެކު ކޯވިޑް ފެތުރެމުންދާއިރު އެސިޓީގެ ހުރިހާ ރަށްތަކެއް ވަނީ މޮނިޓަރިންއަށް ލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް