ސްޕެންޝަންގައި ހުއްޓަސް މިނިސްޓްރީގެ މަސައްކަތްތައް ނުކުރާ އެންމެ ދުވަހެއް ވެސް ނުދާނެ: މަހުލޫފް

ސަސްޕެންޝަންގައި ހުންނެވި ނަމަވެސް މިނިސްޓްރީގެ މަސައްކަތްތައް ނުކުރައްވާ އެންމެ ދުވަހެއް ވެސް ނުދާ ކަމަށް މި ވަގުތު ސްޕެންޝަންގައި ހުންނެވި ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. މަހުލޫފު...

27 Sep 2021 | 05:44

ސަސްޕެންޝަންގައި ހުންނެވި ނަމަވެސް މިނިސްޓްރީގެ މަސައްކަތްތައް ނުކުރައްވާ އެންމެ ދުވަހެއް ވެސް ނުދާ ކަމަށް މި ވަގުތު ސްޕެންޝަންގައި ހުންނެވި ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފު މިހެން ވިދާޅުވީ ރާއްޖެޓީވީގެ 'ފަލަ ސުރުޚީ' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މަހްލޫފް ވިދާޅުވީ، ސަސްޕެންޝަންގައި ހުންނަވައިގެން މުސާރަ ނަންގަވާ ކަމަށް ވިދާޅުވެ، ވާހަކަ ދެކެވޭ ކަމަށާއި، އެމަނިކުފާނު މުސާރަ ނަންގަވަނީ ކުރައްވާ މަސައްކަތައް ކަމަށެވެ. ސަސްޕެންޝަންގައި ހުންނެވި ނަމަވެސް މިނިސްޓްރީގެ މަސައްކަތްތައް ނުކުރައްވާ އެންމެ ދުވަހެއް ވެސް ނުދާ ކަމަށް ވިދާޅުވިއެވެ. އަދި އެ މަސައްކަތްތައް ނުކުރައްވާ ނަމަ ވަރަށް ގިނަ ކަންކަން ބޮއްސުން ލައިގެން ދިޔައީސް ކަމަށް ވިދާޅުވިއެވެ.

ކޮންމެ ދުވަހަކުވެސް ސަރުކާރުގެ އޮފީސްތަކުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ކަންކަމުގައި ގުޅުއްވާ ކަމަށް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑަރިންގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އޭސީސީން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާކަމަށް ފާހަގަކުރެވިފައިވާ މައްސަލައިގައި ދަޢުވާކުރުމަށް އޭސީސީން ޕީޖީއޮފީހަށް ފޮނުވާފައިވަނީ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ.

ސަސްޕެންޝަންގައި ހުންނެވީ އެ މައްސަލަ ބަލާ ނުނިމޭތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް