ބޭ އޮފް ބޭންގޯލްގެ ހުޅަނގު އުތުރުގައި އުފެދި ބާރުގަދަވަމުން އަންނަ ތޫފާން "ގުލާބް"ގެ އަސަރު ދިވެހިރާއްޖެއަށް ނުކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް)އިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި، މި ޠޫފާން ދަތުރުކުރަމުންދަނީ ރާއްޖެއާއި ދުރުން ހުޅަނގަށެވެ.
މެޓް އޮފީހުން ވަނީ ރާއްޖެއަށް މިހާރުކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ބާރުގަދަވެގެން ކުރަމުން އަންނަ ވިއްސާރައެއްކަން ފާހަގަކޮށް ތޫފާނާ މި ވިއްސާރައާ ގުޅުމެއް ނެތް ކަމަށް ހާމަކޮށްފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާލާއިރު، ވިއްސާރައިގެ އަސަރު ރާއްޖޭގެ ބޮޑު ބަޔަކަށް ކުރަނެކަމަށް ލަފާކުރެވެއެވެ. އަދި ގުގުރުމާއެކު ވާރޭވެހޭނެކަމަށާ މިސަރަޙައްދުގެ ވައި ޢާއްމުގޮތެއްގައި ގަދަވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެެއެވެ.
މި ވަގުތު ރާއްޖޭގެ ހުރިހާ ހިސާބެއް ވެސް އޮތީ ވައިޓް އެލާޓްގައެވެ.
މެޓް އޮފީހުންވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރަނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮަށްއެވެ. ޚާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކާއި ހައިވޭއާއި ބްރިޖުމަތީ ދަތުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވަނީ އެދިފައެވެ. މީގެއިތުރުން ދިޔަވަރު ބޮޑުވާގަޑިތަކުގައި އުފައެރުމުގެ ފުރުސަތު ބޮޑުކަމަށާއި ވިއްސާރަވެހި ފެންބޮޑުވުމުގެ ފުރުސަތުވެސް އޮތުމާއެކު ޢާއްމުގޮތެއްގައި މޫސުމަށް ހުރިހާ ފަރާތަކުންވެސް ސަމާލުވުމަށް މެޓުއޮފީހުން އިލްތިމާސްކުރެއެވެ.
މިހާރުކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ބުނީ އަތޮޅުތަކުގެ ޙާލަތު މޮނިޓަރކުރަމުން އަންނަކަމަށެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި ބައެއް ރަށްރަށުގައި ފެންބޮޑުވިނަމަވެސް އެއްވެސް ރަށެއްގައި ބޮޑު ހާދިސާއެއް ހިނގިކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައިނުވާކަމަށް އެއޮތޯރިޓީއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް