ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު336،000 އާއި ގާތަށް ޖެހިއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސި (އެޗްފީއޭ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިހާރު ކުރިއަށް ގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން މިމަހުގެ 25 ވީ ހޮނިހިރު ދުވަހުގެ ނިޔަލަށް ވެކްސިންގެ ދެވަނަ ޑޯޒު ޖެހި އަދަދު ވަނީ 335،926 އަށް އަރާފައެވެ. އަދި ހޮނިހިރު ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު 391،738 އަށް ވަނީ އަރާފައެވެ.
ހޮނިހިރު ދުވަހު 156 މީހަކު ވަނީ ކޮވިޑް ވެކްސިންގ ފުރަތަމަ ޑޯޒު ޖަހާފައެވެ. މީގެ ތެރެއިން 52 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިންގ ފުރަތަމަ ޑޯޒު ފުރިހަމަ ކުރި މީހުންނެވެ. އަތޮޅު ތަކުން އެދުވަހު ވެކްސިންގ ފުރަތަމަ ޑޯޒު ޖެހީ 104 މީހުންނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވެކްސިންގް ދެވަނަ ޑޯޒު ހޮނިހިރު ދުވަހު 134 މީހަކަށް މާލެ ސަރަޙައްދުން ޖަހައިދީފައިވެއެވެ. އަތޮޅުތަކުން އެ ދުވަހު ވެކްސިން ދެވަނަ ޑޯޒު ފުރިހަމަ ކުރީ 499 މީހުނެވެ.
މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 391،738 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމަށް ބޭނުންކުރަނީ ސިނޮފާމް، އެސްޓްރަޒެނިކާ އަދި ފައިޒާ ވެކްސިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް