މޫސުން ގޯސް، މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި

ދިވެހިރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ. މޫސުމާބެހޭ ގައުމީ އިދާރާ (މެޓު) އިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 06:25 އިން މެންދުރު 12:00 އަށެ...

27 Sep 2021 | 05:01

ދިވެހިރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާ (މެޓު) އިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 06:25 އިން މެންދުރު 12:00 އަށެވެ.

މިވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުން އެކަށީގެންވާކަމަށާއި އަދި ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

އިއްޔަވެސް ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ ބޮޑުބަޔަކަށް އޮރެންޖް އެލާޓް ނެރެފައިވެއެވެ. އަދި ކަނޑުގަދަވެ ސަފާރީއެއް އަޑިއަށް ގޮސް އޭގެން މީހުން މަރުވެފައިވެއެވެ.

އެ އިދާރާ އިން ހާމަކުރާ ގޮތުގައި މިހާރު ރާއްޖެ އަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އަދި ބޭ އޮފް ބޭންގޯލްގެ ހުޅަނގު އުތުރުގައި އުފެދިފައިވާ ތޫފާން "ގުލާބް"ގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ.

މެޓު އޮފީހުން ބުނީ މި ޠޫފާން ދަތުރުކުރަމުންދަނީ ރާއްޖެއާއި ދުރުން ކަމަށެވެ. މި ޠޫފާން "ގުލާބް" ދަތުރުކުރަމުން އަންނަނީ ހުޅަނގަށެވެ.

މެޓު އޮފީހުންވަނީ ރާއްޖޭގެ ބޮޑުބައއަކަށް ވިއްސާރަކުރަނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކާއި ހައިވޭއާއި ބްރިޖުމަތީ ދަތުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވަނީ އެދިވަޑައިގަންނަވާފައެވެ. މީގެއިތުރުން ދިޔަވަރު ބޮޑުވާގަޑިތަކުގައި އުފައެރުމުގެ ފުރުސަތު ބޮޑުކަމަށާއި ވިއްސާރަވެހި ފެންބޮޑުވުމުގެ ފުރުސަތުވެސް އޮތުމާއެކު ޢާއްމުގޮތެއްގައި މޫސުމަށް ހުރިހާ ފަރާތަކުންވެސް ސަމާލުވުމަށް މެޓުއޮފީހުން އިލްތިމާސްކުރައްވައެވެ.

މިހާރުކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ވިދާޅުވީ އަތޮޅުތަކުގެ ޙާލަތު މޮނިޓަރކުރަމުން އަންނަކަމަށެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި ބައެއް ރަށްރަށުގައި ފެންބޮޑުވިނަމަވެސް އެއްވެސް ރަށެއްގައި ބޮޑު ހާދިސާއެއް ހިނގިކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައިނުވާކަމަށް އެއޮތޯރިޓީއިން ވިދާޅުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް