ކަރާޗީގެ މަލަމަތި ތަރައްގީ ކުރުމަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދެނީ

ކަރާޗީގެ މަލަމަތި ތަރައްގީ ކުރުމަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފި އެވެ. މިއީ ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް)ގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމަނައިގެން ފަށާ މަޝްރޫއެކެ...

27 Sep 2021 | 05:01

ކަރާޗީގެ މަލަމަތި ތަރައްގީ ކުރުމަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.

މިއީ ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް)ގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމަނައިގެން ފަށާ މަޝްރޫއެކެެވެ. މި މަޝްރޫޢުގެ ދަށުން ކަރާޗީގެ އައްސޭރިފަށް ތަރައްގީ ކުރުމަށް ޚާއްސަ އިސްކަމެއް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

މި މަޝްރޫއަކަށް ޕާކިސްތާން ސަރުކާރުން ރުހުން ދީފައިވާކަމަށް ރިޕޯޓުތައް ބުނަމުންދާ އިރު، ޕާކިސްތާން ސަރުކާރުން ބުނާ ގޮތުން ކަރާޗީގެ އައްސޭރިފަށް ތަރައްގީ ކުރެވިގެން ދިއުމުން މުޅި ކަރާޗީގެ ތަރައްގީއަށް މީގެ އަސަރު ކުރާނެ ކަމެކެވެ.

ޖުމުލަ އަގު 3.5 ބިލިއަން ޑޮލަރު މި މަޝްރޫއުގައި ކަރާޗީގެ މަލަމަތި ތަރައްގީކޮށް ނިމޭއިރު ބަނދަރުގައި އިތުރު ބޯޓްތައް އަޅާނެ މަގަތުފާލަމާއި މަސްވެރިކަން ކުރާ އުޅަނދުތަކަށް ވަކި ބަނދަރަކާއި ކައިރީގައި އޮންނަ މަނޯރާ އައިލެންޑްސްއާ ކަރާޗީ ބްރިޖަކުން ގުޅުވާލުމަށް ވެސް ވަނީ ނިންމާފަ އެވެ.

ކަރާޗީގެ މަލަމަތި ތަރައްގީ ކުރުމަށް ބޭނުންކުރާ ސަރަހައްދަކީ މަސްވެރިންގެ އާބާދީއެއް ދިރިއުޅޭ ސަރަހައްދެކެވެ. މިތާގެ ބައި މިލިއަން މީހުންގެ އާބާދީ އެހެން ތަނަކަށް ހިޖުރަ ކުރުވުން ހިމެނެ އެވެ. މިސަރަހައްދުގެ ޗަސް ބިންވެސް ހިއްކުމަށްޓަކައި ސަރުކާރުން ވަނީ 1.5 އޭކަރުގެ ބިންވެސް ސަރުކާރަށް ނަގާފަ އެވެ.

މިތަރައްގީއާއެކު ކަރާޗީ ވެގެންދާނީ ދުނިޔޭގެ ބަނދަރުތައް ހަދާފައިވާ ބޮޑެތި ސިޓީތަކާ އެއް ފެންވަރުގެ ސިޓީއަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް