ގާސިމް މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވުމަށް އެދި ޖާބިރުގެ ސިޓީއެއް

ރަައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ހަވާލުވެވަޑައިގެންނެވުމަށް އެދި ޑީއާރުޕީގެ ލީޑަރުގެ ހައިސިއްޔަތުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަށް ސިޓީ ...

27 Sep 2021 | 04:09

ރަައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ހަވާލުވެވަޑައިގެންނެވުމަށް އެދި ޑީއާރުޕީގެ ލީޑަރުގެ ހައިސިއްޔަތުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަށް ސިޓީ އެއް ފޮނުއްވައިފި އެވެ.

އެ ސިޓީގެ ކޮޕީއެއް "ދުވަސް"އަށް ލިބިފައިވެ އެވެ.

ސިޓީގައ ިޖާބިރު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޖިލީހުގެ ރިޔާސަތު ނުބަލަހައްޓާތާ ގިނަ ދުވަސް ވެފައިވާކަމަށެވެ. އެހެންވެ ރާއްޖެ މިހާރު އޮތް ހަމަނުޖެހުމުގެ ތެރޭގައި ޤައުުމު ހަމަ މަގަށް އެޅުވުމުގައި މަޖިލީހުގެ ރައީސްގެ ދައުރަކީ ވަރަށް މުހިންމު މަސައްކަތެއްކަމުގައި ދެކިވަޑައިގެންނަވާ ކަމަށެވެ.

އަދި ރައީސްގެ ދައުރު ފުރިހަމައަށް އަދާކޮށް ޤައުމު ހަމަ މަގަށް އެޅުވުމަށްޓަކައި މިވަގުތު ގާސިމް މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުން ޖާބިރަށް ފެންނާތީވެ އެރުވި ދަޢުވަތެއްކަމުގައި މި ސިޓީގައި ވެއެވެ.

އިތުރަށް ވިދާޅުވީ މި ދަޢުވަތަކީ ޑީއާރުޕީ އާއި އެމްޑީޕީ ގެ ގިނަ ފަރާތްތަކަކާއި އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ވިސްނުންފުޅުވެސް ހުރި ގޮތް ކަމަށެވެ. އެހެންކަމުން މި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ގާސިމް އަށް އޮންނާނެކަމުގައެވެ.

ގާސިމް ވަނީ މަޖިލީހުގެ ރައީސް ކަމާއި ހާއްސަ މަޖިލީހުގެ ރައީސްކަން މީގެ ކުރިން ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް