ޓޫރިޒަމް ދުވަސް ފާހަގަ ކުރަން ގެސްޓް ހައުސް ހިންގާ ރަށްރަށަށް ހާއްސަ ބަޖެޓު ދެނީ

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރަން ބޭނުންވާ ރަށްތަކަށް ހާއްސަކޮށް ބަޖެޓެއް ދޭން ސަރުކާރުން ނިންމައިފި އެވެ. ޓޫރިޒަމް މިނިސްޓްރީން ނިންމާފައި އޮތީ އެ ދުވަސް ރަސްމީކޮށް މިއަހަރު އައްޑޫ ސިޓީގައި ފާހަ...

27 Sep 2021 | 03:50

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރަން ބޭނުންވާ ރަށްތަކަށް ހާއްސަކޮށް ބަޖެޓެއް ދޭން ސަރުކާރުން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނިންމާފައި އޮތީ އެ ދުވަސް ރަސްމީކޮށް މިއަހަރު އައްޑޫ ސިޓީގައި ފާހަގަ ކުރާށެވެ. އެކަމަކު އެ ސިޓީ އޮތް ދެ ރިސޯޓު ބަންދުކޮށްފައި އޮތުމާއި ސިޓީ އެއްކޮށް މޮނިޓަރިންގެ ހާލަތުގައި އޮތުމުން އެ ކަން ވަނީ ކެންސަލް ކޮށްފަ އެވެ.

އެ މިނިސްޓްރީން ބުނީ ހާއްސަ ބަޖެޓެއް ދޭން ނިންމާފައިވަނީ ގެސްޓު ހައުސް ހިންގާ ރަށްތަކުގެ ތެރެއިން ޓޫރިޒަމް ދުވަސް ފާހަގަ ކުރަން ބޭނުންވާ ރަށްތަކަށް ކަމަށެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެ މިިނިސްޓްރީގައި އެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

ޓޫރިޒަމް މިނިސްްޓްރީން ބުނީ ބަޖެޓު ދިނުމުގައި ބަލާނީ އެ ރަށެއްގައި ގެސްޓު ހައުސް ހިންގާ އަދަދަށް ކަމަށެވެ.

އެގޮތުން ފަސް ގެސްޓް ހައުސް އަށް ވުރެ މަދުން ހިންގާ ރަށްރަށަށް 5،000 ރުފިޔާގެ ބަޖެޓެއް މިނިސްޓްރީން ދޭނެ އެވެ. އެއަށް ވުރެ އިތުރު ނަމަ އަދަދު ބޮޑުވާނެ އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހަކީ މިމަހުގެ 26 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް