ކުރީގެ ލަވަކިޔުންތެރިޔާ ޝަހުބާން ނިޔާވެއްޖެ

ކުރީގެ ލަވަކިޔުންތެރިޔާ އަދި ކޯޗު، ޝަހުބާން މުހައްމަދު ނިޔާވެއްޖެއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި، އުމުރުން 53 އަހަރުގައި ޝަހުބާން ނިޔާވީ ކުއްލި މަރަކުންނެވެ. ރޭގެ މަޢްރިބް ނަމާދަށް ވުލޫކު...

27 Sep 2021 | 03:35

ކުރީގެ ލަވަކިޔުންތެރިޔާ އަދި ކޯޗު، ޝަހުބާން މުހައްމަދު ނިޔާވެއްޖެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި، އުމުރުން 53 އަހަރުގައި ޝަހުބާން ނިޔާވީ ކުއްލި މަރަކުންނެވެ. ރޭގެ މަޢްރިބް ނަމާދަށް ވުލޫކުރަން ވަންތް ފަހުން ހަބަރެއް ނުވެގެން، އެމްއެންޑީއެފްގެ އެހީގައި ބެލި އިރު އޮތީ ނިޔާވެފައިކަމަށް މައުލޫމާތު ލިބެއެވެ.

ސްކޫލް ކުދިންގެ ލަވަ މުބާރާތުން ވިދާލި، ޝަހްބާންގެ އަޑުން ކިޔާފައިވާ ލަވަތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ލަވައަކީ، "ރީތި ނަލަ ނަލަ ހަނދޭ ކުރި އަލީގައި" މި ލަވައެވެ.

ލަވަކިޔުމާ، ފަހުން ދުރުގައި ހުރިނަމަވެސް އޭނާ މަސައްކަތް ކުރަމުން ގޮސްފައިވަނީ ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ މިއުޒިކް ގްރޫޕްގެ ޓެކްނިކަލް މީހެއްގެ ގޮތުގައްޔާއި ކޯޗެއްގެ ގޮތުގައެވެ.

ޝަހްބާންގެ ޖަނާޒާ އޮތީ، މިއަދު މެންދުރު ނަމާދަށްފަހު، މާލޭ އާ ޝަހަރާ މިސްކިތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް