ޕާކިސްތާނުގައި ޓެރަރިސްޓު ހަމަލާކެއް ދޭން ރާވަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި

ޕާކިސްތާނުގެ ލާހޯރުގައި ޓެރަރިސްޓު ހަމަލާތަކެއް ދޭން ރާވަމުން ދިޔަ ބަޔަކު ހައްޔަރު ކޮށްފި އެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ އެގައުމުގެ ކައުންޓާ ޓެރަރިޒަމް އޮތޯރިޓީއަށް ލިބުނު އިންޓެލިޖެންސް މައުލޫމާ...

27 Sep 2021 | 02:32

ޕާކިސްތާނުގެ ލާހޯރުގައި ޓެރަރިސްޓު ހަމަލާތަކެއް ދޭން ރާވަމުން ދިޔަ ބަޔަކު ހައްޔަރު ކޮށްފި އެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ އެގައުމުގެ ކައުންޓާ ޓެރަރިޒަމް އޮތޯރިޓީއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާއި ގުޅިގެން ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި އެވެ. ހަމަލާދޭން ރޭވި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ.

އެމީހުން ހައްޔަރު ކުރި ގެއިން ގޮވާތަކެތި ތައްޔާރު ކުރުމަށް ބޭނުން ކުރާ ސާމާނާއި ތައްޔާރުކޮށްފައިވާ ބޮންތަކެއް ހޯދާފައިވެ އެވެ. އެ ހަތަރު މީހުންނަކީ ޕާކިސްތާނުގެ ކަރާޗީއަށް ނިސްބަތްވާ ބައެކެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެމީހުން ހައްޔަރު ކުރެވުމުން މި މަހު ތެރޭގައި ޓެރަރިސްު ހަމަލާއެއް ދޭން ރާވަމުން ދާތީ ކެންސަލް ކުރި ގިނަ ހަރަކާތްތަކާއި އާންމުން އެއްވެ އުޅުން މަނާކުރި ތަންތަން އާންމުކޮށް ހުޅުވާލާނެ އެވެ.

އެ ހަމަލާ ދޭން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބުމާއި އެކު ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިނގިރޭސިވިލާތާއި ނިއުޒިލޭންޑް ބައްދަލު ކުރާ ކްރިކެޓު މެޗެއް އޮތީ ފަސްކޮށްފަ އެވެ. އަދި ރެއިލް ސްޓޭޝަން ތަކާއި ބަސް ސްޓޮޕްތައް އަދި ލޯކަލް މާރުކޭޓު ތަކުގެ އިތުރުން ގިނަ ބަޔަކު އެއްވާ ތަންތަނުގެ ސެކިއުރިޓީ ވަރަށް ވަރުގަދައަށް ދިޔައީ ބަލަހައްޓަމުންނެވެ.

ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވާގޮތުގައި ޓެރަރިޒަމްގެ ހަމަލާތަކުގެ އިންޒާރު ލިބުން އިތުރުވެފައިވަނީ ޕާކިސްތާނާއި އަފްގާނިސްތާނު ގުޅޭ ބޯޑަރު ސަރަހައްދުން ގިނަ އަދަދެއްގެ ބަޔަކު އެ ގައުމަށް އެތެރެވަމުންދާ ދުވަސްވަރެއްގައި ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް