އަދީބުގެ ވަކީލު ސިރާޖު ދޫކޮށްލައިފި

ގާނޫނީ ވަކީލު މޫސާ ސިރާޖު މިނިވަން ކޮށްފި އެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލެއްގެ ގޮތުން ހަރަކާތްތެރިވާ ސިރާޖު ހައްޔަރު ކުރީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ އެވެ. އޭނާ ހައްޔަރު ކުރ...

27 Sep 2018 | 10:38

ގާނޫނީ ވަކީލު މޫސާ ސިރާޖު މިނިވަން ކޮށްފި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލެއްގެ ގޮތުން ހަރަކާތްތެރިވާ ސިރާޖު ހައްޔަރު ކުރީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ އެވެ. އޭނާ ހައްޔަރު ކުރީ އަދީބާ ހަވާލާދީ ސޯޝަލް މީޑިއާގައި ނެރުނު ބަޔާންތަކާއި ގުޅިގެން ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

އަމުރުގައި ބުނެފައިވަނީ އަދީބާ ހަވާލާދީ ސިރާޖު ޝާއިއުކޮށް ރިޕޯޓްކޮށްފައިވަނީ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށެވެ. އަދި ހަޑި ހުތުރު ބަހުން ލިޔުންތައް ތައްޔާރުކުރާ ކަމުގެ ތުހުމަތު ވެސް ސިރާޖުގެ މައްޗަށް ފުލުހުން ވަނީ ކޮށްފަ އެވެ.

ސިރާޖު ދޫކޮށްލީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ. ކޯޓުން އޭނާ ދޫކޮށްލީ ބަންދުގައި ބަހައްޓަން ބޭނުން ނުވާ ކަމަށް ފުލުހުން ބުނުމުން ކަމަށެވެ.

ސިރާޖު ހައްޔަރުކުރުމަށްފަހު، އޭނާގެ ދިރިއުޅޭ އެޕާޓްމަންޓް ފާސްކޮށް ފުލުހުން ބައެއް ތަކެތި ގެންގޮސްފައި ވެ އެވެ.

ސިރާޖުގެ އިތުރުން ހައްޔަރު ކުރުމަށް ފަހު ހުކުމެއް ކުރުމެއް ނެތި ޖަލުގައި ބަންދުކޮށްފައި ތިބި ސިޔާސީ ކުށްވެރިން ދަނީ ދޫކޮށްލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް