މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އޭގެ ކުރީ މަގާ އަޅާ ބަލާއިރު ދެ ޕަސެންޓު އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެ އައިސްފައިވަނީ 123،992 ޓޫރިސްޓުންނެވެ. ޖުލައި މަހު ރާއްޖެ އައިސްފައިވަނީ 122،332 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ އޯގަސްޓުމ މަހު ރައްޖެ އައިސް ފައިވަނީ 121،310 ޓޫރިސްޓުންނެވެ.
ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ. އެއީ 33،472 ޓޫރިސްޓުންނެވެ. އެކަމަކު މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 0.8 ޕަސެންޓް މަދު އަދަދެކެވެ.
ދެވަނައަށް އިނގިރޭސިވިލާތުން އެންމެ ގިނަ ޓޫރިސްޓުން އައި އިރު ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޖަރުމަނުވިލާތުންނެވެ.
ރާއްޖޭގައި ޓޫރިސްޓުން ހިދުމަތްދޭ 794 ވިޔަފާރު ހިންގަ އެވެ. އެއީ 138 ރިސޯޓާއި، 492 ގެސްޓު ހައުސް އާއި 148 ސަފާރީ އަދި 12 ހޮޓަލެކެވެ. މިދިޔަ މަހު ރާއްޖޭގެ އޮކިއުޕެންސީ ރޭޓު އުޅެނީ ހަ ޕަސެންޓުގައި އެވެ.
މިދިޔަ މަހުގެ ނިޔަލަށް ޖުމުލަ 972،839 ޓޫރިސްޓުން މިއަހަރު ރާްޖެ އައެވެ. އަދި މިމަހު ވަނީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަންވަނަ ފަތުރުވެރިޔާ އައިސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް