ގައުމީ ޖަލްސާގެ ނަމުގައި ރަށްރަށުން މީހުން ގެންނަނީ ހަމަނުޖެހުން ހިންގަން: ނާދިރާ

ގައުމީ ޖަލްސާގެ ނަމުގައި ރަށްރަށުން މީހުން ގެންނަނީ ހަމަނުޖެހުން ހިންގަންކަމުގައި މައުމޫން ރިފޯމް މޫވްމެންޓްގައި އިސްކޮށް ހަރަކާތްތެރިވާ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ. ނާދިރާ މިހެން ވިދާޅުވީ މިއަ...

27 Sep 2018 | 06:25

ގައުމީ ޖަލްސާގެ ނަމުގައި ރަށްރަށުން މީހުން ގެންނަނީ ހަމަނުޖެހުން ހިންގަންކަމުގައި މައުމޫން ރިފޯމް މޫވްމެންޓްގައި އިސްކޮށް ހަރަކާތްތެރިވާ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ނާދިރާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ނާދިރާ ވިދާޅުވެފައިވަނީ ބަލި ގަބޫލުނުކުރެވިގެން އުޅޭ ބަޔަކު އެބައުޅޭ ކަމަށެވެ.

"ފުލުހުން ސަމާލުވެލައްވާ، ރަށްރަށުން ގައުމީ ޖަލްސާގެ ނަމުގަ މީހުން އަރުވައިގެން ހަމަނުޖެހުން ހިންގަން އެ އުޅެނީ" ނާދިރާގެ ޓްވީޓްގައި ވެއެވެ.

ނާދިރާ މިހެން ވިދާޅުވެފައިވާއިރު އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ބަލިވުމާއެކު ވެރިކަންކުރާ ޕާޓީން މިހާރު އަންނަނީ ގައުމީ ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ސިފަކުރާގޮތުގައި ވެރިކަން ކުރާ ޕާޓީގައި ތިބީ އެ ޕާޓީ ހިސޯރުކޮށްގެން ތިބި ބައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް