ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ވައިޓް އެލާޓު ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފި އެވެ. ވައިޓް އެލާޓު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެއީ ހެނދުނު 10:00 ން ހަވީރު 4:00 ...

27 Sep 2018 | 05:14

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފި އެވެ.

ވައިޓް އެލާޓު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެއީ ހެނދުނު 10:00 ން ހަވީރު 4:00 އަށެވެ. ދެން ވައިޓު އެލާޓު ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށެވެ. އެއީ ހެނދުނު 8:45 ން މެނދުރު ފަހު 2:45 އަށެވެ.

މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ބައެއް ހިސާބުތަކަސް ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ އެވެ. މީގެ އިތުރުން ލ. އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކުގެ ކަނޑު ގަދަވާނެ އެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގަ މިދިޔަ ހަފްތާގައި ވަނީ ފުވައްމުލަކު ސިޓީގެ ބައެއް ގެތަކަށް ފެންވަދެގެން އެހީތެރިކަން ފޯރުކޮށްދޭން

މޫސުން ގޯސްކަމުން މެޓް އޮފީހުން ވަނީ ދަތުރުފަތުރު ކުރުމުގައާއި  އާންމު ދިރިއުޅުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް