އައިފޯނު 8 އިން ކޯލު ކުރާއިރު ޒާތެއްގެ އަޑެއް އިވެނީ – އެޕަލްއިންވެސް އެއްބަސްވެއްޖެ

އިއަރޕީސް މެދުވެރިކޮށް އައު އައިފޯނުން ކޯލު ކުރާއިރު ޒާތެއްގެ އަޑެއް އިވޭ މައްސަލަ ފެންމަތި ވެއްޖެ އެވެ. މި ކަމުގެ ޝަކުވާ ސޯޝަލް މީޑިއާއަށް އޮއްސާލާފައިވާއިރު އެޕަލްއިން ވަނީ މިކަމަށް އެއްބަސްވެފަ އެވ...

27 Sep 2017 | 03:55

އިއަރޕީސް މެދުވެރިކޮށް އައު އައިފޯނުން ކޯލު ކުރާއިރު ޒާތެއްގެ އަޑެއް އިވޭ މައްސަލަ ފެންމަތި ވެއްޖެ އެވެ. މި ކަމުގެ ޝަކުވާ ސޯޝަލް މީޑިއާއަށް އޮއްސާލާފައިވާއިރު އެޕަލްއިން ވަނީ މިކަމަށް އެއްބަސްވެފަ އެވެ.

އެޕަލްއިން ނެރެފައިވާ ކުރު ބަޔާނެއްގައި ބުނެފައިވަނީ އެކަމުގެ ޝަކުވާ ކޮންމެވެސް ވަރަކަށް އެޕަލްއަށް ލިބިފައިވާކަމަށާއި އެކަމަށް ހައްލެއް ގެނައުމަށް ސޮފްޓްވެއަރ އަޕްޑޭޓް މަައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ދެން އަންނަ އަޕްޑޭޓެއްގައި ހައްލު ލިބިގެން ދާނެ ކަމަށެވެ.

އައިފޯނު 8ގައި މި އަޑެއް އިވެނީ ކީއްވެކަން އަދި ސާފުވެފައެއް ނުވެ އެވެ. ނަމަވެސް ދުނިޔޭގެ އެކި ހިސާބުތަކުން މިކަން ރިޕޯޓް ކޮށްފައިވެ އެވެ. އަދި ކޮންމެ ފަހަރަކު ކޯލް ކުރާއިރު އެ އަޑު ނީވޭ ކަމަށާއި އަޑު އިވެނީ ބައެއް ފަހަރު ކަމަށް އައިފޯނު 8 ބޭނުންކުރާ މީހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް