މިނިވަން ވަކި ދައުލަތެއްގެ އިއުލާނު ކުރުމަށް އިރާގުގެ ކުރުދީން އާނބަސް ބުނެފި

އިރާގުގެ ކުރުދީން މިނިވަން ވަކި ދައުލަތެއް އިއުލާނު ކުރުމާއިމެދު ގޮތެއް ނިންމުމަށް މިދިޔަ ހޯމަ ދުވަހު ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާއިރު، ފެންނަ ކަމަށް ކުރުދީންގެ ބޮޑު އަގްލަބިއްޔަތެއް ވޯޓު ދީފައިވ...

26 Sep 2017 | 22:15

އިރާގުގެ ކުރުދީން މިނިވަން ވަކި ދައުލަތެއް އިއުލާނު ކުރުމާއިމެދު ގޮތެއް ނިންމުމަށް މިދިޔަ ހޯމަ ދުވަހު ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާއިރު، ފެންނަ ކަމަށް ކުރުދީންގެ ބޮޑު އަގްލަބިއްޔަތެއް ވޯޓު ދީފައިވާކަމަށް ކުރުދީންގެ ލީޑަރު މަސްއޫދު ބަރުޒާނީ ވިދާޅުވެއްޖެ އެވެ.

މިއާއެކު ބަރުޒާނީ ވަނީ މަޝްވަރާތައް ފެށުމަށް އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އާބާދީއަށް ގޮވައިލާފަ އެވެ.

"މަޝްވަރާގެ ދޮރު ބަންދު ނުކުރުމަށް ބޮޑުވަޒީރަށާއި ސިޔާސީ އިސް ފަރާތްތަކަށް ގޮވައިލަން، މައްސަލަ ހައްލުވާނީ މަޝްވަރާއިން" ބަރްޒާނީ ވިދާޅުވެފައި ވެ އެވެ.

އިރާގުގެ ކުރުދިސްތާނުގެ މި ވޯޓެއް ނަގާފައިވަނީ ބައިނަލްއަގްވާމީ ޕްރެޝަރު އިންތިހާއަށް ކުރިމަތިވެފައިވަނިކޮށެވެ. އދ އިން ވެސް އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުންވެސް ގޮވާލާފައިވަނީ އެ ވޯޓު ނަގައިފިނަމަ ގައުމުގެ ހަމަނުޖެހުން ގެއްލިދާނެ ކަމަށެވެ. މި ވޯޓާއި ފާޅުގައި އެންމެ ބޮޑަށް ދެކޮޅު ހަދަމުން ދަނީ އިރާގާއި އިންވެ އޮންނަ ތުރުކީންނެވެ. މި ވޯޓު ނުނެގުމަށް ތުރުކީން ކުރީން ގޮވައިލި އިރު މި ވޯޓު ނެގުމުން ތުރުކީން ވަނީ ކުރުދީންނަށް އިންޒާރުވެސް ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް