އުދައަރާފާނެ ކަމަށް ދަރިވަރުންނާއި ބެލެނިވެރިން ރައްކާތެރިވެތިބުމަށް މިނިސްޓަރު އިލްތިމާސް ކުރައްވައިފި

މާދަމާ ހިފާ ހަނދުކޭތައާ ގުޅިގެން، ކަނޑުގެ ދިޔަވަރަށް އަންނާނެ ބަދަލުތަކާ އެކު، ރާއްޖޭގެ ބައެއް ރަށްރަށަށް އުދަ އަރާފާނެ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ލަފާކޮށްފައިވާތީ، އެކަމުން ރައްކާތެރިވެ ...

27 Sep 2015 | 09:14

މާދަމާ ހިފާ ހަނދުކޭތައާ ގުޅިގެން، ކަނޑުގެ ދިޔަވަރަށް އަންނާނެ ބަދަލުތަކާ އެކު، ރާއްޖޭގެ ބައެއް ރަށްރަށަށް އުދަ އަރާފާނެ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ލަފާކޮށްފައިވާތީ، އެކަމުން ރައްކާތެރިވެ ތިބުމަށް ދަރިވަރުންނާއި ބެލެނިވެރިންނަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް އިލްތިމާސް ކުރައްވައިފި އެވެ.

އެކަމަނާ ވިދާޅުވީ، ރާއްޖޭގެ ރަށްރަށަކީ ބިންތިރި ރަށްތަކަކަށް ވާތީ އުދަ އެރުމުގެ ނުރައްކާ އޮތުމުން، ދަރިވަރުންނާއި ބެލެނެވެރިންގެ ރައްކާތެރިކަމަށް ވީހާ ވެސް ސަމާލުކަން ދެއްވައި، އެކަމުން ރައްކާތެރިވުމަށް އެޅޭނެ ހުރިހާ ފިޔަވަޅެއް އެޅުމަށް އެދިލައްވާ ކަމަށެވެ.

މީގެ އިތުރުން އުދައެރުމުން ސްކޫލްތަކަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް މިހާރުއްސުރެ ސްކޫލްތަކުން ސަލާމަތީ ފިވަވަޅުތައް އަޅަމުން ގެންދާކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް