ޤުދުސްގައި ހުންނަ މުސްލިމުންގެ ތިން ވަނައަށް އެންމެ މުގައްދަސް ބިނާ ކަމުގައިވާ މަސްޖިދު އަލް އަޤްޞާ މިސްކިތުގެ ތެރެއަށް އިޒްރޭލު ފުލުހުން ވަދެގެންފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިޒްރޭލު ފުލުހުން ހަތިޔާރާއެކު މިސްކިތުގެ ތެރެއަށް މިއަދު ވަދެގަތީ އިޒްރޭލަށް ނިސްބަތްވާ އެކްޓިވިސްޓުންތަކެއް މިސްކިތުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރުމުން މިސްކިތުގައި ތިބި މީހުން އެކަމާ ދެކޮޅުހެދުމުންނެވެ.
"އަނެއްކާވެސް އިޒްރޭލު ފުލުހުން އަޤްޞާ އަށް ވަދެގެންފައި މިވަނީ މަސްރަހު ވަރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި، މިގޮތަށް މަސްރަހު ގޯސްވެފައި އޮންނަތާ ދެ ހަފްތާ ވަނީ، މިއަދުވެސް އިޒްރޭލު ފުލުހުން މިސްކިތުގެ ތެރެއަށް ވަދެފައިވަނީ ހަތިޔާރާއެކު" އަލްޖަޒީރާގައި ބުނެފައި ވެ އެވެ.
އެ ސަރަހައްދުގައި އިޒްރޭލާއި ފަލަސްތީނުގެ މަސްރަހު ގޯސްވެފައިވާއިރު މިހާރު އިޒްރޭލު ފުލުހުން އަމަލު ކުރަމުން އަންނަ އުސޫލުތަކަށް ބަދަލުގެނެސްދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ފަލަސްތީނުން އަންނަނީ ބުނަމުންނެވެ.
މިހާރު އަމަލު ކުރަމުން އަންނަ އުސޫލުގައި އިޒްރޭލުގެ ޔަހޫދީންނަށް މިސްކިތް ހިމެނޭ ސަރަހައްދަށް ވަދެވެ އެވެ. ނަމަވެސް އެމީހުންނަށް އަޅުކަން ކުރުމުގެ ހުއްދަ ދީފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް