އެމެރިކާގެ މީހެއްގެ ފޯން ބިލަށް 2.1 މިލިއަން ޑޮލަރު އަރައިފި

އެމެރިކާގެ އޮރެގޮން އަވަށުގެ މީހެއްގެ ހިދުމަތް ކަނޑާލައިފައިވާ ފޯނު ނަމްބަރެއްގެ ބިލަށް ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު އަރާފައިވާކަމަށްބުނެ އެ އަދަދު އޭނައަތުން ހޯދަން މަސައްކަތް ކުރުމުން ރުޅިގަދަވެއް...

27 Sep 2015 | 03:48

އެމެރިކާގެ އޮރެގޮން އަވަށުގެ މީހެއްގެ ހިދުމަތް ކަނޑާލައިފައިވާ ފޯނު ނަމްބަރެއްގެ ބިލަށް ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު އަރާފައިވާކަމަށްބުނެ އެ އަދަދު އޭނައަތުން ހޯދަން މަސައްކަތް ކުރުމުން ރުޅިގަދަވެއްޖެއެވެ.

މިމައްސަލާގައި މީޑީޔާއަށް މައުލޫމާތު ދެމުން ކެން ސްލަޝާ ހާމަކޮށްފައިވާ އޭނަގެ ހިދުމަތް ކަނޑާލިތާ ނުވަ މަސްވެފައިވާ ވެރިޒޯން ފޯން ބިލަށް 2،156،593.64 ޑޮލަރު އަރާފައި ވާކަމަށް ވެރިޒޯން އިން ބުނާކަމަށެވެ. ސްލަޝާ ބުނެފައިވާ ވާގޮތުގައި ވެރިޒޯން އިން މިފަދަ ލަނޑެއްދިން މީ ފުރަތަމަ ފަހަރެއް ނޫނެވެ. ސްލަޝާގެ އެންމެ ފުރަތަމަ ފޯން ބިލަށްވެސް 120 ޑޮލަރު އަރަން ޖެހޭ ތާކަށް 698 ޑޮލަރު އެރުމުން އޭގެ ފަހުން ވެރިޒޯން އިން ހިދުމަތް ހޯދުން ހުއްޓާލީކަމަށް ސްލާޝާ މައުލޫމާތުދިނެވެ. އެބިލްގައި ކުރީގެ ބިލްގެ ބެލެންސްއެއްގެ ގޮތުގައި 451 ޑޮލަރު އިނުމުން އެބިލް ގަބޫލުނުކުރެވޭނެކަމަށް ސްލަޝާ ބުންޏެވެ.

މިހާދިސާ ހިނގުމަށްފަހު ވެރިޒޯންގެ ބަހެއް މީޑިޔާއިން ހޯދާލުމުން ބުނެފައިވަނީ އެބިލްގައި މައްސަލައެއް އެބަ އުޅޭކަމަށާއި އެކަން ހައްލުކުރަން މިހާރު މަސައްކަތްކުރެވެމުންދާކަމަށެވެ. އޭގެ އެއްދުވަސް ފަހުން ވެރިޒޯން އިން މީޑިއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިހާރު އެމައްސަލަ ސްލަޝާ ހިތްހަމަޖެހޭގޮތަށް ހައްލުވެފައި ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް