ދިވެހި ހައްޖުވެރިން މާދަމާ ރާއްޖެ އަންނަން ފަށާނެ: ހައްޖު ކޯޕަރޭޝަން

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ދިވެހި ހައްޖުވެރިން މާދަމާ ރާއްޖެ އަންނަން ފަށާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ. އެ ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ބައެއް ހައްޖާ...

27 Sep 2015 | 03:32

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ދިވެހި ހައްޖުވެރިން މާދަމާ ރާއްޖެ އަންނަން ފަށާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

އެ ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ބައެއް ހައްޖާޖީން މިހާރު ދަތުރަށް ފަށާފައި ވާކަމަށެވެ. އެއާޕޯޓަށް ދިއުމަށް ބަހަށް އަރާފައި ވާކަމަށެވެ.

މިއަހަރު އެންމެ ފުރަތަމަ ރާއްޖެ އަންނާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ފުރަތަމަ ދިޔަ 290 މީހުން ކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކުރެ އެވެ. އަދި އަމިއްލަ ގްރޫޕުތަކުގެ ހަވާލުގައި ހައްޖަށް ދިޔަ މީހުން އަންނާނި ހައްޖުކޯޕަރޭޝަންގެ ހަވާލުގައި ދިޔަ މީހުންނަށް ފަހުގައި ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ.

ހައްޖުކޯޕަރޭޝަންގެ ހަވާލުގައި 1300 ދިވެއްސަކު މިއަހަރު ހައްޖަށް ގޮސްފައިވާއިރު މިނާ އާއި ސިސިލްފަރު އަދި ޒައީ ގްރޫޕުގެ ހަވާގައި 700 ދިވެހިން ހައްޖަށް ދިޔަ އެވެ. ފުއްޕާމޭގެ ބައްޔަކަށް ފަރުވާދެމުން އަންނަނިކޮށް އޭގެ ތެރެއިން އެކަކު ވަނީ މިދިޔަ ހޯމަ ދުވަހުގެރޭ ނިޔާވެފަ އެވެ.

ހައްޖަށް ދިވެހިން ގެންދިއުމާއި ގެނައުމުގައި މެގަ މޯލްޑިވްސް އިން ހަރަކާތްތެރިވަމުން އަންނައިރު ހައްޖުވެރިން ގެނައުމަށް މެގަ މޯލްޑިވްސް އިން ހަ ދަތުރެއް ކުރާނެ އެވެ. އެންމެ ފަހު ދަތުރު ކުރާނީ އަންނަ ހުކުރު ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް