1436 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން ނިންމާލައިފި

1436 ވަނަ އަހަރުގެ މާތްވެގެންވާ ހައްޖުގެ އަޅުކަން އިއްޔެ ނިންމާލައިފި އެވެ. ހައްޖުގެ އަޅުކަން ނިންމާލާފައިވަނީ ޖަމްރައަތަށް ހިލަ އުކާ ނިންމާލުމުންނެވެ. މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ދުނިޔޭގެ އެކި ...

27 Sep 2015 | 02:59

1436 ވަނަ އަހަރުގެ މާތްވެގެންވާ ހައްޖުގެ އަޅުކަން އިއްޔެ ނިންމާލައިފި އެވެ. ހައްޖުގެ އަޅުކަން ނިންމާލާފައިވަނީ ޖަމްރައަތަށް ހިލަ އުކާ ނިންމާލުމުންނެވެ. މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ދުނިޔޭގެ އެކި ގައުމުތަކުން 1.4 މިލިޔަން ހައްޖާޖީން ބައިވެރިވެފައި ވެ އެވެ. ސައުދީ އަރަބިއްޔާއިން ހަ ލައްކައަށްވުރެ ގިނަ ހައްޖާޖީން ބައިވެރިވެފައި ވެ އެވެ.

މި އަހަރު ހައްޖުގައި ހިތާމެވި ހާދިސާ ތަކެއް ހިނގާފައިވީނަމަވެސް ހައްޖުގެއަޅުކަމުގެ ފަހު ދުވަހު(އިއްޔެ) ޖަމްރައަތަށް ހިލަ އުކުން ކުރިއަށް ގެންދިޔައިރު ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ގިނަ އަދަދެއްގެ ހައްޖު ފުލުހުން ހަރަކާތްތެރިވެފައި ވެ އެވެ.

ތިން ވަނަ ފަހަރަށް ޖަމްރައަތަށް ހިލަ އުކުން ނިންމާލައި ހައްޖުގެ މަތިވެރި އަޅުކަން ހައްޖާޖީން ނިންމާލާފައި ވާއިރު ބައެއް ހައްޖުވެރިން މިހާރު ވަނީ އެނބުރި ގައުމަށް ދާން ފަށާފަ އެވެ.

މިއަހަރު ހައްޖުގެ އަޅުކަން ކުރިއަށް ގޮސްފައިވަނީ މިމަހުގެ 23 އިން 27 އަށެވެ. ހައްޖުގެ އަޅުކަން ކުރިއަށްދިޔައިރު ހިތާމަވެރި ދެ ހާދިސާއެއް ހިނގާފައި ވެ އެވެ. އެއް ހާދިސާއަކީ ހަރަމްފުޅުގެ ތެރެއަށް ކެރޭނެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއެވެ. އެ ހާދިސާގައި 111 ހައްޖާޖީއަކު ޝަހީދު ވެފައިވާއިރު 300 އަށްވުރެ ގިނަ ހައްޖާޖީން ޒަހަމްވި އެވެ. ދެވަނަ ހާދިސާއަކީ ބުރާސްފަތި ދުވަހު މިނާގައި ހައްޖާޖީން ފިތިގެން ހިނގި ހިތާމަވެރި ހާދިސާ އެވެ. މި ހާދިސާގައި ނިޔާވި މީހުންގެ އަދަދު 769 އަށް އަރާފައި ވާއިރު ޒަހަމްވި ހައްޖާޖީންގެ އަދަދު އުޅެނީ 800 އަށްވުރެ މަތީގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް