ތެޔޮ އުފުލާ ދޯންޏެއް ވ އަތޮލު ވަށުގިރި ފަރަށް އަރައިފިއެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ވިދާޅުވީ މި ޙާދިސާ މިއަދު ހެނދުނު 7:04ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި ދޯނި ފަރަށް އެރިއިރު، ދޯނީގައި ތިބީ ދޯނީގެ ހަތަރު ފަޅުވެރިން ކަމަށެވެ.
"އެއްވެސް ނުރައްކަލެއް ނެތްކަމަށް އެ ދޯނިން ބުނަނީ، ދިޔަވަރު ތިލަ ވުމުން ފުން ނުވެފަ ތިބި ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ" އިސްމާއިލް އަލީ ވިދާޅުވި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޯސްޓްގާޑުން މިހާރު ވަނީ ފަށާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް