ހާދިސާ ހިނގަން މެދުވެރިވީ އެފްރިކާގެ ހައްޖާޖީންނާ ހެދިކަމަށް މައްކާގެ އަމީރު ވިދާޅެއްނުވޭ: ސައުދީ

ބުރާސްފަތި ދުވަހު މިނާގައި ހައްޖާޖީން ފިތިހެން ހިނގި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވީ އެފްރިކާގެ ހައްޖާޖީންނާހެދިކަމަށް މައްކާގެ އަމީރު ޕްރިންސް ހާލިދު އަލް ފައިސަލް ވިދާޅުވިކަމަށްބުނެ ބައިނަލްއަގ...

27 Sep 2015 | 02:04

ބުރާސްފަތި ދުވަހު މިނާގައި ހައްޖާޖީން ފިތިހެން ހިނގި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވީ އެފްރިކާގެ ހައްޖާޖީންނާހެދިކަމަށް މައްކާގެ އަމީރު ޕްރިންސް ހާލިދު އަލް ފައިސަލް ވިދާޅުވިކަމަށްބުނެ ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ގެނެސްދީފައިވާ ހަބަރު ސައުދީ އަރަބިއްޔާއިން ދޮގުކޮށްފި އެވެ.

ސައުދީ ސަރުކާރުގެ ތަރުޖަމާނު ސުލްތާ އަލް-ޑޮސާރީ ބުނެފައިވަނީ ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުގައި މައްކާގެ އަމީރު ވިދާޅުވިކަމަށްބުނެ ގެނެސްދީފައިވާ ހަބަރަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ގެނެސްދީފައިވާ ހަބަރެއް ނޫން ކަމަށެވެ.

މައްކާގެ އަމީރު މިހެން ވިދާޅުނުވާކަމަށް ސައުދީން ހާމަކޮށްފައިވާއިރު އެ ހާދިސާ ހިނގަން މެދުވެރިވީ އީރާނުގެ ހައްޖާޖީންތަކެއް އުސޫލުތަކަށް ތަބާ ނުވުމުން ކަމަށް ސައުދީގެ އޮފިޝަލަކާ ހަވާލާދީ އަރަބި ނޫހެއްގައި އިއްޔެ ވަނީ ބުނެފަ އެވެ.

މިނާގައި ހިނގި އެ ހިތާމަވެރި ހާދިސާގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 769 އަށް އަރާފަ އެވެ. ޒަހަމްވި މީހުންގެ އަދަދު އުޅެނީ 800 އަށްވުރެ މަތީގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް