އުދަ އަރައިފިނަމަ ފުލުހުންނާއިއެކު މަސައްކަތް ކުރުމަށް ކެޑޭޓް ކުދިންވެސް ތިބީ އެލާޓްކުރެވިފައި: ފުނަދޫ ސްކޫލް

ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖެއަށް އުދައިގެ އަސަރު ފޯރާނެ ކަމަށް މޫސުމާއި ބެހޭ މައި އިދާރާ މެޓް އޮފީހުން ލަފާ ކުރުމާއި ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން ތައްޔާރީ ހާލަތަށް އައިސް މަސައްކަތްތައް ފަ...

26 Sep 2015 | 19:08

ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖެއަށް އުދައިގެ އަސަރު ފޯރާނެ ކަމަށް މޫސުމާއި ބެހޭ މައި އިދާރާ މެޓް އޮފީހުން ލަފާ ކުރުމާއި ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން ތައްޔާރީ ހާލަތަށް އައިސް މަސައްކަތްތައް ފަށާފައިވާއިރު ށ. ފުނަދޫގައި ފުލުހުންނާއިއެކު ފުލުހުންނަށް އެހީތެރިވުމަށް އެރަށު ސްކޫލްގެ ކެޑޭޓުންވެސް ތިބީ ތައްޔާރީ ހާލަތުގައި ކަމަށް ށ.ފުނަދޫ ސްކޫލުން ހާމަކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެމުން އެ ސްކޫލްގެ އޮފިޝަލަކު ވިދާޅުވީ ފުލުހުން މިއަދު ށ.ފުނަދޫ ސްކޫލުގެ ކެޑޭޓް ކުދިންނާއި ބައްދަލުކޮށް މި އޮޕަރޭޝަންގައި ފުލުހުންނާއެކު ފުނަދޫގައި ކެޑޭޓް ސީނިއާ ކުދިން ބައިވެރި ކުރުމަށް ނިންމާފައި ވާކަމަށެވެ.

މީގެ އިތުރުން ފުލުހުން ށ.ފުނަދޫ ސްކޫލުގެ ކެޑޭޓް ސީނިއާ ކުދިންނާއި ފުލުހުންގެ ފަރާތުން ބައްދަލުކޮށް ބްރީފިން ދެވިފައި ވާކަމަށްވެސް ފުނަދޫ ސްކޫލް އޮފިޝަލް ވިދާޅުވި އެވެ.

ސްކޫލްގެ އޮފިޝަލް އިތުރަށް ވިދާޅުވީ ށ. ފުނަދޫގައި އުދަ އެރުމުގެ ހާދިސާއެއް ހިނގައިފިނަމަ ފުލުހުންނާއެކު މަސައްކަތް ކުރުމަށް ކެޑޭޓް ކުދިންގެ ތެރެއިން ހޮވާލެވުނު ކުދިންތަކެއްވެސް ވަނީ އެލާޓް ކުރެވިފައި ކަމަށާއި އަދި ކެޑޭޓް ކުދިންނާއެކު މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯޕްސް(އެމްއެންސީސީ)ގެ އިންސްޓްރަކްޓަރަކުވެސް ހިމެނޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް