ނިޔާވި އުމުރުން ދުވަސްވީ ފަރާތް -
ދޯނި ބަންޑުން
ޖަހާލި ހާދިސާގައި ނިޔާވީ ކުޑަރިކިލަށް ނިސްބަތްވާ އުމުރުން ދުވަސްވީ މީހެއް
ރޭގައި
ދޯންޏެއް ބަންޑުން ޖަހާލި ހިތާމަވެރި ހާދިސާގައި ނިޔާވީ ބ. ކުޑަރިކިއްޔަށް ނިސްބަތްވާ
އުމުރުން ދުވަސްވީ މީހެއްކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ދުވަހަށް
މައުލޫމާތުދެމުން ދިވެހި ފުލހުންބުނީ އެ ހާދިސާގައި ނިޔާވީ، ބ. ކުޑަރިކިލު، ފިނިވާގޭ،
އުމުރުން 75 އަހަރުގެ އަހްމަދު ޝިހާމް ކަމަށެވެ.
ރޭގައި
މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ "ލިއޯ" ނަމަކަށްކިޔާ
އެ ދޯނި ބަންޑުން ޖަހާލީ ކ. ތުލުސްދޫ ކައިރިއަށް ކަމަށާއި ހަ މީހަކު ދަތުރުކުރި އެ
ދޯނިން އެކަކު ގެއްލުނު ކަމަށެވެ. އަދި އެމީހާ ހޯދަމުންދަނިކޮށް ފަހުން ފެނުނު ކަމަށެވެ.
ނިޔާވީ
ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނު މީހާއެވެ. ތުލުސްދޫ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް
މީހާގެ ފުރާނަ ނެތްކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މިއަދު ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް