ޓިކްޓޮކްގެ މަޝްހޫރު ތަރި ނަދީމާ ކައިވެނިކޮށްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ނަދީ ކައިވެނިކޮށްފައި ވަނީ އިއްޔެއެވެ.
ޓިކްޓޮކްގައި މަޝްހޫރުކަން ލިބިފައިވާ ނަދީގެ ޓިކްޓޮކް އެކައުންޓުގައި40.3 ހާސް ފޮލޮވާސް ހުރެއެވެ.
އޭނާ ގިނައިން ފެންނަނީ ރީތި ލަވަތަކުންނެވެ. ނަދީ މިހާރު މަސައްކަތް ކުރަމުންދަނީ ވެމްކޯގައެވެ. ނަދީ ފާހަގަ ކޮށްލެވެނީ އެކަނި ދަރިންތައް ބަލަމުން އައި ހިތްވަރު ގަދަ މަންމައެއްގެ ގޮތުގައެވެ.
ނަދީ ޓިކްޓޮކްގެ ލައިވްތަކުންވެސް ފެންނަތާ މިހާރު ވަރަށް ދުވަސް ވެއްޖެއެވެ.
ޓިކްޓޮކްގައި އެންމެ މަގުބޫލުކަމެއް ނަދީ ހޯދާފައިވަނީ، އޭނާގެ ވައިރަލް ވީޑިއޯ، "ބޮންބޭ ޓީ ބޯން އާދޭ" އަދި "ކޮއްކޮގެ ބަކުން" ފަދަ ވީޑިއޯތަކުންނެވެ. އެ ވީޑިއޯތައް މިދިޔަ އަހަރުތެރޭގައި ވައިރަލްވެ ނަދީއަށް ވަނީ ކުދި ވިޔަފާރީ ތަކުން އިސްތިހާރު ކުޅެ ދިނުމަށް ވެސް ހުށަހަޅާފައެވެ.
އޭނާ ޖަވާޒީ ހަޔާތެއް ފަށާފައި މިވަނީ، އޭނާއާއި އެކު އުޅޭ ލާލީ ވެސް ޖަވާޒީ ހަޔާތެއް ފެށި ފަހުން މާ ގިނަ ދުވަސްތަކެއް ނުވަނީސް އެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް