ފުޅާ ދާއިރާއެއްގައި ހަށިވިއްކި ތިން އަންހެނަކާއި އެމީހުންގެ އޭޖެންޓު އަތުލައިގަނެ ޑީޕޯޓްކޮށްލައިފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރިކުރި ބިދޭސީންތަކެއް އަތުލައިގަނެ ޑީޕޯޓުކޮށްލައިފިއެވެ. އެގޮތުން މޯލްޑިވްސް ކަރެކްޝަންސް އިން ދެންމެ ބުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކ...

27 Aug 2024 | 11:27

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރިކުރި ބިދޭސީންތަކެއް އަތުލައިގަނެ ޑީޕޯޓުކޮށްލައިފިއެވެ.

އެގޮތުން މޯލްޑިވްސް ކަރެކްޝަންސް އިން ދެންމެ ބުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންގެ މައްސަލައާއި ގުޅިގެން، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއެކު، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު ހާއްސަ އިންސްޕެކްޝަނެއް ހިންގި ކަމަށެވެ.

އެކަމުގައި ޝާމިލުވި ބިދޭސީ ތިން އަންހެނުންނާއި އެމީހުންގެ އޭޖެންޓުގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ތަހުގީގު ކުރުމަށްފަހު ރާއްޖެ ނާދެވޭ ގޮތަށް އެ އެންމެންވެސް މިހާރު ވަނީ ޑީޕޯޓްކޮށްލާފައި ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް