ޔާމީންއަށް މުޖުތަމައު ބައި ބައި ކުރުމުގެ ފުރުސަތު ފުލުހުން ދީގެން ނުވާނެ:ޝިއުނާ

ރޭ ޕީއެންއެފް ޖަލްސާގައި ރައީސް ޔާމިން ވަނީ ސަރުކާރަށް ފާޑު ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުގެ ބޮލުގައި އެކި ތުހުމަތުތައް އަޅުވާފައެވެ. އެކަމާއި ގުޅިގެން ޑެޕިއުޓީ މިނިސްޓަރ ޝިއުނާ ވިދާޅުވީ، ...

27 Aug 2024 | 11:22

ރޭ ޕީއެންއެފް ޖަލްސާގައި ރައީސް ޔާމިން ވަނީ ސަރުކާރަށް ފާޑު ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުގެ ބޮލުގައި އެކި ތުހުމަތުތައް އަޅުވާފައެވެ.

އެކަމާއި ގުޅިގެން ޑެޕިއުޓީ މިނިސްޓަރ ޝިއުނާ ވިދާޅުވީ، ޔާމިންއަށް މުޖުތަމައު ބައި ބައި ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

" މީނަ ބޭނުންހާ ތުހުމަތެއް މީހުންގެ ބޮލުގައި އެޅުވޭތަ؟ ފުލުހުން މުޖުތަމައު ބައި ބައި ކުރުމުގެ ފުރުސަތު ޔާމިން އަށް ދީގެން ނުވާނެ" ޝިއުނާ ވިދާޅުވިއެވެ.

ރޭ ޖަލްސާގައި، ޔާމިން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު، އަދީބު އަތުން14 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށް ވެސް ވަނީ ތުހުމަތު ކުރައްވާފައެވެ. ޔާމިން ވިދާޅުވީ ރައީސް ޑރ މުއިއްޒު ޖާސޫސްކޮށްގެން، ކަނޑައެޅިގެން ޤާނޫނާ ޚިލާފު އަމަލެއް ކޮށްގެން ނެގި14 މިލިއަން ރުފިޔާ މަނީ ލޯންޑަރިން އަށް ނުފެތޭނެ ގޮތަކީ ހަމަ ނެތް ގޮތެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް