ޗެކަޕެއް ހެއްދެވުމަށް ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންފި

ލިބިލެއްވި އަނިޔާއަކަށް "ސެކަންޑް އޮޕީނިއަން" އެއް ހޯއްދެވުމަށާއި އަދި ކުރިން ކުރެއްވި ސާޖަރީއެއްގެ ރެގިއުލާ ޗެކަޕަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭގެ ވަގުތެއްގައި ސިންގަޕޫރަށް ފުރާ...

27 Aug 2024 | 05:41

ލިބިލެއްވި އަނިޔާއަކަށް "ސެކަންޑް އޮޕީނިއަން" އެއް ހޯއްދެވުމަށާއި އަދި ކުރިން ކުރެއްވި ސާޖަރީއެއްގެ ރެގިއުލާ ޗެކަޕަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭގެ ވަގުތެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ރޭގައި ވިދާޅުވެފައިވަނީ ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ރޭގައި ސިންގަޕޫރަށް ފުރާވަޑައިގެންފައިވާކަމަށެވެ.

ރައީސްގެ ދަތުރުފުޅާއި ގުޅޭގޮތުން ރައީސް އޮފީހުން ރޭގައި އިތުރު މަޢުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ނަމަވެސް ރޭގައި ސަރުކާރު ކޯލީޝަނުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިންގަޕޫރަށް ވަޑައިގަންނަވަނީ ފުޓްބޯޅަ ކުޅުއްވަނިކޮށް ލިބިލެއްވި އަނިޔާއަކަށް "ސެކަންޑް އޮޕީނިއަން" އެއް ހޯއްދެވުމަށް މާލޭގައި ތިއްބެވި ޑަކުޓަރުން ލަފާ ދެއްވުމުންނާއި އަދި މީގެ ދެތިން އަހަރު ކުރިން ކުރެއްވި ސާޖަރީއެއްގެ ރެގިއުލާ ޗެކަޕަކަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް