ޗައިނާގެ އެންމެބޮޑު ޑިވެލޮޕަރު ކުންފުންޏަށް 7 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ އިންޒާރު ދީފި

ޗައިނާގެ އެންމެބޮޑު ޑިވެލޮޕަރު ކުންފުނި ކަންޓްރީ ގާޑަން އަށް 7 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ އިންޒާރު އެކުންފުނީގެ ވެރިން ދީފިއެވެ. ޗައިނާގެ އެންމެ ބޮޑު އެއް ޕްރޮޕަޓީ ޑިވެލޮޕަރ...

27 Aug 2023 | 18:24

ޗައިނާގެ އެންމެބޮޑު ޑިވެލޮޕަރު ކުންފުނި ކަންޓްރީ ގާޑަން އަށް 7 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ އިންޒާރު އެކުންފުނީގެ ވެރިން ދީފިއެވެ.

ޗައިނާގެ އެންމެ ބޮޑު އެއް ޕްރޮޕަޓީ ޑިވެލޮޕަރު ކުންފުނިން ބުނާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 7.6 ބިލިއަން ޑޮލަރު ހޭދަވެ، އެ ކުންފުނީގެ ރިއަލް އެސްޓޭޓް ދާއިރާއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްވެދާނެއެވެ.

ހޮންގްކޮންގްގެ ސްޓޮކް އެކްސްޗޭންޖުގެ އިންވެސްޓަރުންނަށް ކަންޓްރީ ގާޑަން އިން އިންޒާރު ދީފައި ވަނީ ޖޫން މަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ޗައިނާގެ 45 ބިލިއަން ޑޮލަރާއި 55 ބިލިއަން ޔުއާން (ގާތްގަނޑަކަށް 6.2 ބިލިއަން ޑޮލަރާއި 7.6 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް) ގެއްލޭނެ ކަމަށެވެ.

އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު ފައިދާއާއި އަޅާކިޔާއިރު، ގާތްގަނޑަކަށް 1.9 ބިލިއަން ޔުއާން (264.3 މިލިއަން ޑޮލަރު) ގެ އިތުރު އަދަދެކެވެ.

ޗައިނާގެ އެކި ކަންކޮޅުތަކުގައި އަހަރަކު އެތައް ލައްކަ ގެއެއް އިމާރާތް ކުރާ ކަންޓްރީ ގާޑަން އަށް މިހާރު ކުރިމަތިވެފައިވާ މާލީ ދަތިތައް ހުރި މިންވަރު މިތަފާސްހިސާބުތަކުގެ ސަބަބުން ވަރަށް ރަނގަޅަށް ސާފުވެގެން ދެއެވެ.

ގާތްގަނޑަކަށް 300،000 މީހުން ވަޒީފާ އަދާކުރާ މި ޑިވެލޮޕަރުގެ ދަރަނި ބޮޑުވެފައި މިވަނީ ދުނިޔޭގެ އެންމެ ދަރަނިވެރި ޕްރޮޕަޓީ ގްރޫޕް ކަމަށްވާ އެވަގްރާންޑޭއާ ގާތްގަޑަކަށް އެއްވަރު މިންވަރަކަށެވެ.

ފާއިތުވި ހަފުތާތަކުގައި އެ ކުންފުންޏަކީ ޗައިނާގެ އިގްތިސާދީ ދަތިކަމުގެ އެންމެ ފަހުގެ ނިޝާނަކަށް ވެފައިވާ އިރު، އެ ކުންފުންޏަކީ ޑިފޯލްޓްގެ އައްސޭރިއަށް ގޮސް، އަމިއްލަ އަށް އިއުތިރާފުވެ، އަމިއްލަ އަށް ސަލާމަތްކުރުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ.

ހޮންގްކޮންގްގެ ކަންޓްރީ ގާޑަންގެ ހިއްސާ 8.7 އިންސައްތަ ދަށަށް ގޮސްފައި މިވަނީ އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ އިންޒާރާއި، ޗައިނާގެ ނިއުސް އައުޓްލެޓް ޔީކާއީއިން ނެރުނު ރިޕޯޓަކާ ގުޅިގެން، އެ ކުންފުނިން ދަރަނި ރީސްޓްރަކްޗާ ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެ، ނަން ހާމަނުކުރާ ފަރާތްތަކާ ހަވާލާދީ އެވެ.

އެ ކުންފުނިން ހުށަހެޅި ފައިލިންގައި ބުނެފައި ވަނީ ދަރަނި މެނޭޖްކުރުމުގެ ތަފާތު ފިޔަވަޅުތައް އެޅުމަށް ވިސްނާނެ ކަމަށާއި އަދި ގޮންޖެހުންތަކުން އަރައިގަތުމަށް އަލަށް އެކުލަވާލި ޓާސްކް ފޯހަށް ބޯލަނބާނެ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ކަންޓްރީ ގާޑަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް