އިންޑިއާ އާއި ސިންގަޕޫރުން ފުރަތަމަ ލައިވް ޕޭޕަރލެސް ޓްރާންސެކްޝަން ޕައިލެޓް ކޮށްފި

ޓްރޭޑް ޓްރަސްޓް ޕްލެޓްފޯމް ބޭނުންކޮށްގެން އިންޑިއާ އާއި ސިންގަޕޫރުން ފުރަތަމަ ފަހަރަށް ލައިވް ޕޭޕަރލެސް ޓްރާންސެކްޝަން ޕައިލެޓް ކޮށްފިއެވެ. މިއީ އިންޑިއާ އާއި ސިންގަޕޫރާ ދެމެދު ޑިޖިޓަލް ގުޅުމުގައި އިތ...

27 Aug 2023 | 18:22

ޓްރޭޑް ޓްރަސްޓް ޕްލެޓްފޯމް ބޭނުންކޮށްގެން އިންޑިއާ އާއި ސިންގަޕޫރުން ފުރަތަމަ ފަހަރަށް ލައިވް ޕޭޕަރލެސް ޓްރާންސެކްޝަން ޕައިލެޓް ކޮށްފިއެވެ. މިއީ އިންޑިއާ އާއި ސިންގަޕޫރާ ދެމެދު ޑިޖިޓަލް ގުޅުމުގައި އިތުރު ކާމިޔާބީއެއް ލިބިގެންދިޔަ ކަމެއް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ސިންގަޕޫރުގެ ހައިކޮމިޝަނަރު ސައިމަން ވޮންގް ހޮނިހިރު ދުވަހު އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ވިދާޅުވެފައި ވަނީ އިންޑިއާ-ސިންގަޕޫރު މިނިސްޓީރިއަލް ރައުންޑްޓޭބަލް އާއި މޯދީއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ޓްރޭޑް ޓްރަސްޓް ޕްލެޓްފޯމް ބޭނުންކޮށްގެން ފުރަތަމަ ލައިވް ޕޭޕާލެސް ޓްރާންސެކްޝަން ޕައިލެޓް ކޮށްފައިވާ ކަމަށެވެ. އަދި މިއީ ސިންގަޕޫރާއި އިންޑިއާއާ ދެމެދު ޑިޖިޓަލް ގުޅުމުގެ އިތުރު ކާމިޔާބީއެއް ކަމަށް އެޗްސީ ވޮންގް ވިދާޅުވިއެވެ.

މި މުއާމަލާތް ހިނގާފައި ވަނީ އިންޑިއާ-ސިންގަޕޫރު މިނިސްޓީރިއަލް ރައުންޑްޓޭބަލް އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު އެވެ.

އިންޑިއާ-ސިންގަޕޫރު މިނިސްޓީރިއަލް ރައުންޑްޓޭބަލް (އައިއެސްއެމްއާރު)ގެ އިފްތިތާހީ ސެޝަންގެ ނަތީޖާއާ ބެހޭ ގޮތުން މިދިޔަ އަހަރު އިންޑިއާ-ސިންގަޕޫރު ގެ ޖޮއިންޓް މިނިސްޓަރުންގެ ވަފުދެއް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި މައުލޫމާތު ދެއްވާފަ އެވެ.

ހާއްސަކޮށް ޑިޖިޓަލް ކަނެކްޓިވިޓީ، ފިންޓެކް، ގްރީން އިކޮނޮމީ، ސްކިލް ޑިވެލޮޕްމަންޓް އަދި ފުޑް ސެކިއުރިޓީގެ ދާއިރާއިން ކުރިއަށް ގެންދިޔަ ފުޅާ ދާއިރާއެއްގައި ކުރެވުނު މަޝްވަރާތަކުގެ މައުލޫމާތު ވަފުދުން ބޮޑުވަޒީރާ ހިއްސާ ކުރެއްވި ކަމަށް ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިއީ އިގްތިސާދީ ގޮތުން ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ މެދުގައި އާ މިނިސްޓީރިއަލް ޕްލެޓްފޯމެއް ކަމަށްވާ އިންޑިއާ-ސިންގަޕޫރު މިނިސްޓީރިއަލް ރައުންޑްޓޭބަލް (އައިއެސްއެމްއާރު) ގެ ފުރަތަމަ ބައްދަލުވުމެވެ. އައި.އެސް.އެމް.އާރު.ގެ އަމާޒަކީ މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އާ އަދި ކުރިއަރަމުން އަންނަ ދާއިރާތަކުގައި ދެޤައުމުގެ މެދުގައި ފައިދާހުރި އެއްބާރުލުން ދިނުމުގެ ފުރުޞަތުތައް ދެނެގަތުމެވެ.

މިއަހަރުގެ މާޗް މަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވަނީ ސިންގަޕޫރުގެ ޓްރޭޑް އެންޑް އިންޑަސްޓްރީ މިނިސްޓަރު ގަން ކިމް ޔޮންގްއާ ބައްދަލުކުރައްވައި "އިންޑިއާ-ސިންގަޕޫރު މިނިސްޓީރިއަލް ރައުންޑްޓޭބަލް ޕްރޮސެސް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

އިންޑިއާ އާއި ސިންގަޕޫރުން ދާދި ފަހުން ވަނީ ދެ ގައުމުގެ މެދުގައި މެދުކެނޑުމެއް ނެތި މުއާމަލާތްތައް ކުރުމަށް އޮންލައިން ޕޭމަންޓް ސިސްޓަމްތައް ލިންކްކޮށްފަ އެވެ.

ސިންގަޕޫރުން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސައިމަން ވޮންގް ވީ ކުއެން ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދާނެ ކަމަށާއި އިންޑިއާގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި ދެމިއޮންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް