ސްޓާލިންކުން އިންޑިއާގައި ސެޓެލައިޓް ބްރޯޑްބޭންޑްގެ ހިދުމަތް ދޭން ފަށަނީ

އެލޮން މަސްކްގެ ސްޓާލިންކު ވަރަށް އަވަހަށް އިންޑިއާއަށް އެތެރެވެ އެޤައުމުގައި ސްޓާލިންކްގެ ބްރޯޑްބޭންޑްގެ ޚިދުމަތް ފަށާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިދިޔަ އަހަރު ސްޓާލިންކްގެ ބެލެނިވެރި ކުންފުނި ސް...

27 Aug 2023 | 13:22

އެލޮން މަސްކްގެ ސްޓާލިންކު ވަރަށް އަވަހަށް އިންޑިއާއަށް އެތެރެވެ އެޤައުމުގައި ސްޓާލިންކްގެ ބްރޯޑްބޭންޑްގެ ޚިދުމަތް ފަށާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިދިޔަ އަހަރު ސްޓާލިންކްގެ ބެލެނިވެރި ކުންފުނި ސްޕޭސް އެކްސް އިން ވަނީ ޑިޕާޓްމަންޓް އޮފް ޓެލެކޮމިއުނިކޭޝަން (ޑީއޯޓީ) އަށް ގްލޯބަލް މޮބައިލް ޕާސަނަލް ކޮމިއުނިކޭޝަން ބައި ސެޓެލައިޓް (ޖީއެމްޕީސީއެސް) ލައިސަންސަށް ކުރިމަތިލައިފަ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ނިއު އިންޑިއަން އެކްސްޕްރެސް އިން ބުނި ގޮތުގައި މިކަމުގެ ގާތް މީހުން އަންނަ މަހު ޑީއޯޓީގެ އޮފިޝަލުންނާ ބައްދަލުކުރާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ބާއްވާ މި ބައްދަލުވުމުގައި ސްޓާލިންކަށް އެ ގައުމުގައި އޮޕަރޭޓް ކުރުމުގެ ލައިސަންސް ދެވިދާނެ އެވެ.

އެހެންކަމަށް ވާނަމަ އެކުންފުނީގެ ސެޓެލައިޓް ބްރޯޑްބޭންޑް ކަނެކްޓިވިޓީ އެގައުމަށް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ސްޓާލިންކުން އަނެއްކާވެސް ޕްރީ އޯޑަރުތައް އަލުން ފެށޭނެއެވެ. ސްޓާލިންކުން މި ހިދުމަތަށް ޕްރީ އޯޑަރު ނަގަން ފެށީ ސަރުކާރުގެ ލައިސަންސް ލިބުމުގެ ކުރިންނެވެ. ނަމަވެސް އެ މަސައްކަތް ހުއްޓާލީ ޑީއޯޓީއާއެކު ލައިސަންސް ހޯދައިގެން އެންމެ ފުރަތަމަ އިންޑިއާގައި މަސައްކަތް ފަށަން ސްޓާލިންކަށް އެންގުމުންނެވެ.

އިންޑިއާގައި ސްޓާލިންކްގެ މަސައްކަތް ފަށައިގަތުމަށް ކުޑަތަންވެފައިވާއިރު، މިހާރު ފާހަގަކޮށްލަން ޖެހޭ ކަމަކީ ޖީއެމްޕީސީއެސް ލައިސަންސް ހޯދުމަށް ހަމައެކަނި މަސައްކަތް ކުރަމުން ދަނީ ހަމައެކަނި އީލޮން މަސްކްގެ ސްޓާލިންކް ނޫން ކަމެވެ. ހަގީގަތުގައި މިއީ އެއާޓެލްގެ އެހީގައި ހިންގާ ވަންވެބާއި ޖިއޯގެ ސެޓެލައިޓް ފާމް ޖިއޯ ސްޕޭސް ޓެކްނޮލޮޖީއަށް ފަހު އެ ލައިސަންސަށް ކުރިމަތިލި ތިން ވަނަ ކުންފުންޏެވެ.

ސެޓެލައިޓް އިންޓަނެޓަކީ ސެލިއުލާ ނެޓްވޯކެއް ނެތް އިރުވެސް މަސައްކަތް ކުރާ އިންޓަނެޓް ކަނެކްޓިވިޓީގެ ނެޓްވާކެކެވެ. ޓްރެޑިޝަނަލް ބްރޯޑްބޭންޑް އިންޓަނެޓާ ހިލާފަށް ކޭބަލްތަކާއި ފައިބާ އޮޕްޓިކް ލައިންފަދަ އިންފްރާސްޓްރަކްޗާ ބޭނުންވެއެވެ. ސެޓެލައިޓް އިންޓަނެޓްގައި ބޭނުންކުރަނީ ދުނިޔެ ވަށައިގެން ދަތުރުކުރާ ސެޓެލައިޓްތަކުގެ ސިގްނަލްތަކެވެ.

މިކަން ކުރުމަށް ޓަކައި ގޭގައި ސެޓެލައިޓް ޑިޝްއެއް ނުވަތަ މޮޑެމެއް ބަހައްޓަން ޖެހެ އެވެ. ޑިޝް ނުވަތަ މޮޑެމް އަށް ދެން ޖައްވުގައި ހުންނަ ސެޓެލައިޓުން ސިގްނަލް ލިބުމުން އިންޓަނެޓް ކަނެކްޓިވިޓީ ލިބޭނެ އެވެ.

ސްޓާލިންކުން މިހާރު ވެސް 32 ގައުމެއްގައި ސެޓެލައިޓް ބްރޯޑްބޭންޑްގެ ހިދުމަތް ދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް