ގެއްލިގެން ހޯދަމުން ދިޔަ ތައުފީގު ފެނިއްޖެ

މާލެއިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދުމަށް ފުލުހުން ފޮޓޯ އާއްމުކޮށްފައި ވަނީ ހއ. ބާރަށް / ސައިނިންގސްޓަރ، މުޙައްމަދު...

27 Aug 2023 | 09:49

މާލެއިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދުމަށް ފުލުހުން ފޮޓޯ އާއްމުކޮށްފައި ވަނީ ހއ. ބާރަށް / ސައިނިންގސްޓަރ، މުޙައްމަދު ތަޢުފީޤު (35އ)އެވެ.

ފުލުހުން އިއްޔެ ބުނީ، އޭނާގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އިއްޔެ މެންދުރު 01:35 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ އަންގާރަ ދުވަހުގެ މެންދުރު ކުރީގައި ހުޅުމާލެ ފޭސް 2 ގައި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުން ކަމަށާއި އޭރު ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއްކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އެހެންކަމުން ތަޢުފީޤުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅުއްވައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް