ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެގެ އުފަން ރަށަށް ވަޑައިގެން، މަންމާފުޅުގެ މަހާނައަށް ޒިޔާރަތް ކުރައްވައިފިއެވެ.
'ގާސިމް2023' އިން ބުނެފައިވާ ގޮތުގައި، ގާސިމް އުފަންވެވަޑައިގަތް ރަށް ކަމުގައިވާ އދ. ދިއްދޫއަށް ވަޑައިގެންނެވީ މިއަދުއެވެ.
ދިއްދޫއަށް ވަޑާއިގެންނެވުމުގެ ކުރީގައި ގާސިމް ވަނީ އަރި އަތޮޅުގެ އެހެން ރަށްރަށަށްވެސް ޒިޔާރަތް ކުރައްވާފައެވެ. އެގޮތުން އެ އަތޮޅު މާމިގިލި، ދަނގެތި، މަހިބަދޫ، ކުނބުރުދޫ، އޮމަދޫ އަދި ހަންޏާމީދޫއަށް ވަޑާއިގެންނެވިއެވެ. އަރި އަތޮޅަށް ވަޑާއިގެންނެވުމުގެ ކުރީގައި ގާސިމް ކެމްޕޭނަށް ވަޑާއިގަތީ ނ. އަތޮޅާށެވެ.
މި ދަތުރުފުޅުގައި ގާސިމްގެ އަރިހުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އާއި އިންތިހާބީ އޭޖެންޓަކަށް އަލީ ވަހީދުގެ އިތުރުން ޖޭޕީގެ ލީޑާރޝިޕްގެ އެހެން ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.
ގާސިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް މިވަގުތު ހުންނެވީ ރިޔާސީ ކެމްޕޭނަށް ތ. ކިނބިދުއަށް ވަޑާއިގަންނަވައެވެ އަމީން ވަނީ ކެމްޕޭނަށް އެ އަތޮޅު ވޭމަންޑޫ، އޮމަދޫ، ހިރިލަންދޫ، ވަންދޫ، ކަނޑޫދުއަށް ވަޑައިގަންނަވާފައެވެ.
ގާސިމްގެ މެނިފެސްޓޯ އިފްތިތާހު ކޮށްފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މ. ކުނޫޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް